ދިވެހިބަހުގެ މުނާސަބަތުގައި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އަލްފާޞިލާ ޔުމްނާ މައުމޫނު ދެއްވާ ހާއްސަ މެސެޖު
﷽ އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބްޙާނަޙޫ ވަތަޢާލާއަށް ޙަމްދައި ޝުކުރުކުރަމެވެ. ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަށް ސަލަވާތައި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. މިދުޢާގައި އިތުރު މާތް ރަސޫލައިގެ އެންމެހައި އާލުއަސްހާބުން ޝާމިލްކުރަމެވެ. އާދެ! މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. އެހެންކަމުން މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. ޙާއްސަކޮށް ދިވެހިބަސް…