ސަގާފީ އަދި ފަންނީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ސަރުކާރާއި ތުރުކީގެ ސަރުކާރުން ސޮއިކޮށްފި

ސަގާފީ އަދި ފަންނީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާއި ބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ސަރުކާރާއި ތުރުކީގެ ސަރުކާރުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެ ކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ތުރުކީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ މެވްލޫތު ޝަވްޝަގްލޫއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤެވެ. ދެޤައުމުގެ ދެމެދުގައި…