ޤައުމީ އަރުޝީފު

11 މޭ 2026

އޮފީހުގެ ލަނޑުދަނޑިތަކާއި ތަސައްވުރު އަދި އަސާސްތަކުގެ ތަފުސީލު

ވިޜަން:

  • ދިވެހި ފަތްފުށްތައް ތާއަބަދަށް ރައްކާތެރިވެފައިވުން.

މިޝަން:

  • ރިކޯޑާއި މައުލޫމާތު ގެންގުޅެ ބެލެހެއްޓުމުގެ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބިނާކޮށް، ޤައުމުގެ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، މަޢުލޫމާތު، ރައްކާތެރިކޮށް ބެލެހެއްތުމާއި މިތަކެތި ލުއިފަސޭހަ ކަމާއެކު ބެލޭނެ އިންތިޒާމް ހަމަޖެއްސުން.

އޮފީހުގެ މެންޑޭޓްގައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ދެނެގަންނަ ގޮތުގެ ތަފުސީލާއި އިދާރާ ޒިންމާދާރުކުރުވާ ގޮތުގެ ތަފުސީލު

  • މި އޮފީހުގެ މެންޑޭޓްގައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ދެނެގަންނަނީ އެ އަހަރެއްގެ އަހަރީ ރިޕޯޓުންނެވެ. ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް ހިނގަމުންދާ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޤާނޫނުގައިވާ ގޮތަށް ފޮނުވަންޖެހެއެވެ.

އޮފީހުގެ ދައުރު

  • ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަކީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ އަރުޝީފުގެ ޤާނޫނު) ގެ ދަށުން 19 ޖަނަވަރީ 2012 ވަނަ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޤާނޫނީ މުއައްސަސާއެކެވެ. "ޤައުމީ އަރުޝީފަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، މިނިވަން، ޤާނޫނީ ޝަޚްޞެކެވެ."

މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފުގެ ކަންކަން ބަލަހައްޓަވާ ވުޒާރާއަކީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ކަމުގައި 17 ނޮވެންބަރު 2018 ވަނަ ތާރީޚުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނިކޮށް 17 ނޮވެންބަރު 2023 ވަނަ ތާރީޚުން ފެށިގެން ޤައުމީ އަރުޝީފުގެ ކަންކަން ބަލަހައްޓަވާ ވުޒާރާއަކީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮރމޭޝަން އެންޑް އާޓްސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިވެއެވެ.

ވާޖިބު

  • އޮފީހުގެ މައިގަނޑު މަސައްކަތަކީ، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ 6 (ހައެއް) ވަނަ މާއްދާއިން މަތިކޮށްފައިވާ، ދައުލަތުގެ ރެކޯޑުތައް ބެލެހެއްޓުމާއި، އެއިން ޚިދުމަތް ދިނުމާއި، އެ ރެކޯޑުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެވެ.

އޮނިގަނޑު

ރައްޔިތުންނަށް ފޯރުކޮށްދެމުންދާ / އަދި ކުރިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު

  • އަރުޝީފީ ޚިދުމަތްތައް ޤާނޫނުގައިވާ ގޮތުގެމަތިން އާންމު ރައްޔިތުންނާއި ސަރުކާރުގެ އޮފީސްތަކާއި ކިޔަވާ ކުދިންނާއި އެކިއެކި ދިރާސާތައް ހަދާ ފަރާތްތަކަށް މި އޮފީހުންގެންދަނީ ފޯރުކޮށްދެމުންނެވެ. މިއޮފީހުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އަދި އެ ޚިދުމަތްތައް ލިބިގަތުމަށް އެދޭނެގޮތް މިއޮފީހުގެ ސަރވިސް ޗާޓާގައި ބަޔާންކޮށްފައިވާނެއެވެ. އެ ސަރވިސް ޗާޓާ މި ލިޔުމާއެކު ފޮނުވީމެވެ.

އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެ ގޮތުގެ ތަފުސީލު

  • އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ޚިޔާލެއް ހުށަހެޅުމަށް ބޭނުންފުޅުވާނަމަ މިމުއައްސަސާގެ ވެބްސައިޓުއިން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅޭ ގޮތުން ޝަކުވާއާއި މައްސަލަތައް ހުށަހެޅުއްވުމަށް މިމުއައްސަސާގެ އީމެއިލް އައިޑީ [email protected] އަށް ފޮނުއްވޭނެއެވެ.

އޮފީހުގެ ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ އުސޫލު ނުވަތަ ތަފުސީލު

  • ސެކްޝަންތަކާއި ޔުނިޓްތަކުގެ ލިޔެކިޔުންތައް އެ ސެކްޝަނަކާއި ޔުނިޓަކުން ފައިލްކޮށް ބަލަހައްޓާ ގޮތަށް. ޑޮކިއުމެންޓް މެނޭޖްމެންޓް ސިޔާސަތެއް/ޕޮލިސީއެއް އަދި އެކުލަވާލެވިފައި ނުވެއެވެ.

އޮފީހުން ބަލަހައްޓަމުން ގެންދާ ހުރިހާ މަޢުލޫމާތުތަކެއްގެ ތަފުސީލު

  • އޮފީހުން ބަލަހައްޓަމުން ގެންދަނީ ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) އިން ލާޒިމު ކޮށްފައިވާ ދައުލަތުގެ އަރުޝީފީ ލިޔެކިޔުންތަކެވެ. އަދި މިއޮފީހުގެ އިދާރީ ލިޔެކިޔުންތައް ވެސްމެއެވެ.

އޮފީހުން އާންމުކޮށް ޝާއިއުކުރާ މަޢުލޫމާތުތައް

  • އިއުލާން އަދި އަރުޝީފީ ޝާއިޢު ކުރުންތަކެވެ.

އޮފީހަށް މަޢުލޫމާތައް އެދި ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އަމަލުކުރާނެ ގޮތުގެ ތަފުސީލު

  • ވެބްސައިޓް ޕޯޓަލް މެދުވެރިކޮށް
  • އެކަމަށް ޚާއްސަ ފޯމު އީމެއިލް ކުރުން
  • ފިޒިކަލް ފޯމު މި އޮފީހަށް ހުށަހެޅުން.

އޮފީހުގެ އިސްވެރީންގެ މަޢުލޫމާތު / މަޝްއޫލިއްޔަތުތައް.

  • މުޙައްމަދު އާމިރު އަޙްމަދު ، ޑިރެކްޓަރ ޖެނެރަލް – އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިޔާ.
  • ޢިމާދު މުޙައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް – ޒިންމާދާރު ވެރިޔާ.
  • އާމިނަތު ޝިއުނާ، ލީޑް އާކިވިސްޓް – އާކައިވްސް އެންޑް ރިކޯޑްސް މެނޭޖްމަންޓް ޑިވިޝަން ވެރިޔާ.
  • މުޙައްމަދު ޒީހާން ޢަބްދުﷲ، ޑިރެކްޓަރ – ކޯޕަރޭޓް އެފެއާސް ސެކްޝަން ވެރިޔާ.
  • ޝަރުމީލާ މުޙައްމަދު، ޕްރިންސިޕަލް ފައިނޭންސް އޮފިސަރ – ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް ވެރިޔާ.
  • ފާޠިމަތު ނަހުޒާ، ސީނިއަރ އާކިވިސްޓް – ރިކޯޑްސް މެނޭޖްމަންޓް ޔުނިޓްގެ ވެރިޔާ.

އޮފީހުން އަމަލުކުރަމުން ގެންދަ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު.

  • ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު).
  • ގަވާއިދު ނަންބަރު 2017/R-22 (ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މަޢުލޫމާތު ނައްތާލުމާބެހޭގޮތުން ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު).

އޮފީހުން އަމަލުކުރާ އުސޫލުތަކުގެ ނުވަތަ ހަމަތަކުގެ މަޢުލޫމާތު

  • ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި އަރުޝިފުގެ ކުރެވިފައިވާ މައުލޫމާތު (ލިޔެކިޔުންތައް) ހޯދުމަށް އެދުމާއި އެ މައުލޫމާތު ފޯރުކޮށްދިނުމުގައި އަމަލު ކުރާނޭ ގޮތުގެ އާންމު އުސޫލު.
  • ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި އަރުޝިފު ކުރެވިފައިވާ މައުލޫމާތު (ލިޔެކިޔުންތައް) ހޯދުމަށް އެދުމާއި އެމައުލޫމާތު ފޯރުކޮށްދިނުމުގައި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ މުވައްޒަފުން އަމަލު ކުރާނޭ ގޮތުގެ އުސޫލު.

އޮފީހުން ރައްޔިތުންނަށް އެއްވެސް އަސަރެއް ކުރާ ގޮތަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ވާނަމަ އޭގެ މަޢުލޫމާތާއި އެހެން ނިންމި ސަބަބު

  • އެފަދަ ނިންމުމެއް ނެތް.

އޮފީހުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި އެކަށައެޅުމާއި އެކަންކަމަށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅޭނެ ނިޒާމު / އުސޫލު ގެ ތަފުސީލު

  • އީމެއިލް އަދި އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް މި އޮފީހުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި ޚިޔާލު ހުށަހެޅޭނެއެވެ.

ނިމިދިޔަ އަހަރު މި އޮފީހުން ކޮށްފައިވާ ބޮޑެތި ޚަރަދުތަކުގެ ތަފުސީލު

2025 ވަނަ އަހަރުގެ މައިގަނޑު ބޮޑެތި ޚަރަދުތައް
ރިކަރަންޓް ޚަރަދު 5,794,935.25
ކެޕިޓަލް ޚަރަދު 153,464.87
 މުޅިޖުމްލަ 6,169,045.72
ރިކަރަންޓް ޚަރަދު 0
މުވައްޒަފުންނަށް ހިނގާ ޚަރަދު 2,875,259.77
ޕެންޝަނާއި، މުސްކުޅިކުރައްވާ މުވައްޒަފުންނަށާއި އަދި ވަކި ޚިދުމަތަކަށް ނޫން ގޮތުން ދޭ ފައިސާ 105,578.09
ދަތުރުފަތުރު ކުރުމުގެ ޚަރަދު 10,424.50
އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގު 32,318.32
އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތުގެ ޚަރަދު 1,841,629.03
ކޮންސަލްޓަންސީ ޚަރަދު (ލޯކަލް ކޮންސަލްޓަންޓް ފީ) 275,000.00
ޑިޖިޓަލް ޕްރިސަރވޭޝަން ޕްރޮޖެކްޓްގެ ފޮރިން ކޮންސަލްޓަންސީ ޚިދުމަތުގެ އަގަށް ޚަރަދުވި ފައިސާ 393,504.99
ޑިޖިޓަލް ޕްރިސަރވޭޝަން ޕްރޮޖެކްޓްގެ ފޮރިން ކޮންސަލްޓަންސީ ޚިދުމަތުގެ އަގަށް ޚަރަދުވި ފައިސާ 234,999.95
މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ޚަރަދު 23,120.90
ބޭރުގެ އެކިއެކި ޖަމާޢަތްތަކާއި ތަންތާނގެ ޗަންދާއާއި މެމްބަރޝިޕް ފީ އަށް ދައްކާ ފައިސާ 23,581.30
ޑިޖިޓަލް ޕްރިސަރވޭޝަން ޕްރޮޖެކްޓްގެ އޯ.އައި.އޭ.އެސް ކްލައުޑް ސަބްސްކްރިޕްޝަން ފީ    200,164.00
ކެޕިޓަލް ޚަރަދު 153,464.87

އިންފޮމޭޝަން އޮފިސަރު

  • ނަން: ޢާއިޝަތު ޔާނިޢާ
  • މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • އީމެއިލް އެޑްރެސް: [email protected]
  • މޯބައިލް ނަންބަރު: 9833539