ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

11 މޭ 2026

އިދާރާގެ ދައުރު / މަސްއޫލިއްޔަތު / ވާޖިބު

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަކީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ ދަށުން އުފައްދަވައި، ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު) އަދި ގަވާއިދު ނަންބަރު 2020/R-38 (ދާރުލްއާސާރު ހިންގުމުގެ ގަވާއިދު) އާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާ ގުޅޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ޙަވާލުކުރެވިފައިވާ ދަޢުލަތުގެ މުއައްސަސާއެކެވެ.

އިދާރާގެ ލަނޑުދަނޑިތަކާއި ތަސައްވުރު އަދި އަސާސްތަކުގެ ތަފުސީލު

ވިޝަން

ދިވެހީންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި، އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއަކަށް ހެދުން.

މިޝަން

ޒަމާނީ ވަސީލަތްތަކުގެ އަލީގައާއި، ސައިންޓިފިކް ހަމަތަކާއި އުޞޫލުތައް ބޭނުންކޮށްގެންނާއި އަދި ފަންނީ ޤާބިލު މުވައްޒަފުން އުފައްދައިގެން ދިވެހީންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އިދާރާއަކަށް އެދުމާއެކު، ދިވެހީންނާއި ފަތުރުވެރީންގެ މެދުގައާއި ސަރަޙައްދީ ފެންވަރުގައި މަޤްބޫލު، ބަލައިގަންނަ، އަދި ޝަޢުޤުވެރިވާ އިދާރަކަށް ހެދުން.

އިދާރާގެ އޮނިގަނޑު

އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ / އަދި ކުރިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު

· ސަރވިސް ޗާޓަރ ގައި ބަޔާން ކުރެވިފައި.

އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެ ގޮތުގެ ތަފުސީލު

· ސަރވިސް ޗާޓަރ ގައި ބަޔާން ކުރެވިފައި.

އިދާރާގެ ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ އުސޫލު ނުވަތަ ތަފުސީލު

- ޤައުމީ މަރުކަޒަށް ހުށަހަޅާ މައްސަލަ ނިމުމުން މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބު ދެވުނުތޯ ބަލައި، ޖަވާބު ދެވިފައިވާ ނަމަ މައްސަލަ ނިމުނުކަމަށް ރަޖިސްޓްރީގައި ފާހަގަކޮށް މައްސަލައިގެ އަސްލާއި އަދި ދީފައިވާ ޖަވާބުގެ ކޮޕީ ފައިލު ކުރުމަށް ތައްޔާރުކުރުން.

- އިލެކްޓްރޯނިކް ވަޞީލަތެއް މެދުވެރިކޮށް އޮންލައިންކޮށް މަރުކަޒަށް އަންނަ މައްސަލަތައް ބަލައިގަނެ އެ މައްސަލަތައް ނިންމާ ޖަވާބު ދީފައިވާކަން ޔަޤީން ކުރުމަށްފަހު ސިސްޓަމުން "ކޭސް ކޮމްޕްލީޓް" ކޮށް، މައްސަލައަކާ ގުޅޭގޮތުން ލިންކް ކުރަންޖެހޭ ކޭސްތައް ލިންކު ކުރުން.

- ޤައުމީ މަރުކަޒުގެ ރަސްމީ އީމެއިލްއަށް އަންނަ މައްސަލަތައްވެސް ނިމުމުން މައްސަލަ ނިންމި ގޮތުގެ ލިޔުން ފައިލް ކުރާއިރު، އީމެއިލްގެ ކޮޕީވެސް އެއާއެކު އެޓޭޗްކޮށް ފައިލްކުރުން.

- މައްސަލަ ފައިލްކުރުމުގެ ގޮތުން އިންޑެކްސްކޮށް، ކްލެސިފައި ކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ފައިލިންގ ކެބިނެޓްގެ ކަމާބެހޭ ފައިލުގައި މައްސަލަ ފައިލު ކުރުން.

- ފަސޭހައިން މައްސަލައިގެ ފައިލުތައް ޓްރެކް ކުރެވޭނެފަދަ ގޮތަކަށް ފައިލިންގ ކެބިނެޓް އިންތިޒާމުކުރުން.

އިދާރާއިން ބަލަހައްޓަމުން ގެންދާ ހުރިހާ މަޢުލޫމާތުތަކެއްގެ ތަފުސީލު

· ސަރވިސް ޗާޓަރގެ 1ވަނަ ނަންބަރާއި 7 ވަނަ ނަންބަރުން މަޢުލޫމާތާއި ތަފްޞީ ލިބޭނެ.

އިދާރާއިން އާންމުކޮށް ޝާއިއުކުރާ މަޢުލޫމާތުތައް

· އާންމުކޮށް ޝާއިޢު ނުކުރި ނަމަވެސް ޤާނޫނުގެ ދަށުން ދަފުތަރުތައް އާންމުކުރޭ.

އިދާރާއަށް މަޢުލޫމާތައް އެދި ފަރާތަކުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އަމަލުކުރާނެ ގޮތުގެ ތަފުސީލު

· ސަރވިސް ޗާޓަރ ގައި ބަޔާން ކުރެވިފައި.

އިދާރާގެ އިސްވެރީންގެ މަޢުލޫމާތު / މަސްއޫލިއްޔަތުތައް

ޙައްވާ ނަޒްލާ، ޑިރެކްޓަރ ޖެނެރަލް

- ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ހިންގުމުގައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ޒަމާނީ އުޞޫލު ތަކާއި އެއްގޮތަށް ރާވައި ހިންގުމާއި އެކަންކަން ކުރެވޭނެ މަގު ފަހިކޮށް ދިނުން.

- ރާއްޖޭގެ ތަރިކަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެކަށައެޅޭ އުޞޫލުތަކާ އެއްގޮތަށް ކަންތައްތައް ރާވައި ހިންގުން.

- ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޤާނޫނާއި ގަވާއިދުގެ މަތީން ފައިސާއާ ބެހޭ މުޢާމަލާތްތައް ހިންގައި ބެލެހެއްޓުން.

- މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ބެލުމާއި، އަމަލު ކުރަންޖެހޭ އެހެނިހެން ޤާނޫނާއި ގަވާއިދާއި އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.

ޒަހާ އަޙްމަދު ޑިރެކްޓްރ، ކަލްޗަރަލް ހެރިޓޭޖް

- ހެރިޓޭޖް ސެކްޝަނުން ކުރާ މަސައްކަތްތައް އޮފީހުގެ މެންޑޭޓާއި އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޔުނިޓްތަކަށް އިރުޝާދު ދިނުމާއި، ސެކްޝަންގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- މައުނަވީ ތަރިކައާއި މާއްދީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ވާޞިލުކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ރައްކައުތެރިކޮށް ބެލެހެއްޓޭނެ މަޝްރޫޢުތައް ހިންގައި މަގުފަހިކޮށްދިނުން.

- ސައިޓް މިއުޒިއަމްތައް ޤާއިމުކުރުމުގެ މަޝްރޫޢުތަކުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި މަޝްވަރާއާއި ލަފާ ފޯރުކޮށްދިނުމާއި މިފަދަ މަޝްރޫޢުތަކުގައި ހެރިޓޭޖް ކޮމްޕޯނަންޓް ގާއިމުކުރުމުގެ ކަންކަން ކުރުން.

- މުއާހަދާތަކާ ގުޅިގެން ހެރިޓޭޖް ސެކްޝަނުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، ބޭނުންވާ އަޕްޑޭޓްތައް ކަނޑައެޅިފައިވާ ވަގުތަށް ހަދައި އެ މަޢުލޫމާތުތައް ދިނުން.

އާއިޝަތު މުނީޒާ ޑިރެކްޓަރ، މިއުޒިއަމް މެނޭޖްމަންޓް

- ޤައުމީ ދާރުލްއާސާރުން ކުރަމުންދާ މަސައްކަތްތައް ތަނުގެ މެންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ޔުނިޓުތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ދާރުލްއާސާރުގެ ފަރާތުން ހިންގާ ހުރިހާ ކަމެއް ބަލައި، ފޯރު ކޮށްދެވޭ ޚިދުމަތް ތަކުގެ ފެންވަރު މަތި ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރާ އާންމުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް ތަފާތު މަޝްރޫޢުތަކާއި ޙަރަކާތްތައް ރާވާއި ހިންގާނެ ގޮތާއި ބެހޭގޮތުން އިރުޝާދުދީ އެފަދަ މަސައްކަތްތައް އިސްނަގައިގެން ކުރުން.

- އަމިއްލަ ފަރާތްތަކުން އިސްނަގައިގެން އުފައްދަން ބޭނުންވާ ދާރުލްއާސާރުތައް އުފައްދަން އެފަރާތްތަކުން ބޭނުންވާ މަޝްވަރާއާއި ލަފަޔާއި އަދި އެހީތެރިކަން ފޯރުކޮށްދީ އެތަންތަން ހިނގަމުންދާ ގޮތް ބެލުން.

- ޓެމްޕޮރަރީ އެގްޒިބިޝަންތަކާއި ދާރުލްއާސާރުގައި ހުރި ތަކެއްޗާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެކިއެކި ސެމިނަރ ތަކާއި ސެޝަންތައް ރާވައި ހިންގުން.

ފާޠިމަތު ވަޙީދާ އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

- އިދާރީ ހިންގުމުގެ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކު ޚިދުމަތް ލިބޭނޭގޮތުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.

- އިދާރީގޮތުން ޔުނިޓުގައި ކުރަމުންދާ މަސައްކަތްތައް ރާވައި ހިންގުމާއި އޮފީހުގެ މަސައްކަތަށް އިދާރީގޮތުން ކޮށްދޭންޖެހޭ އެންމެހާ މަސައްކަތްތަކަށް ސަޕޯޓް ދިނުމާއި އެކަންކަން ހިންގައި ބެލެހެއްޓުން

- އިންސާނީ ވަޞީލަތް ހަރުދަނާ ކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

- އޮފީހުގެ މެންޑޭޓާއި ގުޅިގެން ކުރެވޭ މަސައްކަތްތަކާއި، ސްޓްރެޓީޖިކް ޕްލޭން އަދި އެސް.އޯ.ޕީ ތައްޔާރުކުރުމުގެ މަސައްކަތައް ބެލެހެއްޓުން.

ޢާއިޝަތު ޝިފްނާޒް ޢަލީ ސަލީމް، ޕްރިންސިޕަލް ފައިނޭންސް އޮފިސަރ

- އޮފީހުގެ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، އޮފީހަށް ލިބޭ އާމްދަނީއާއި ކުރެވޭ ޚަރަދުތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ތަފާތު ރިޕޯޓްތައް ތައްޔާރުކުރުމާއި ބަޖެޓް އެންމެ ފައިދާ ހުރިގޮތަށް ބޭނުންކުރެވެމުންދޭތޯ ބެލުމާއި އޮފީހަށް ބޭނުންވާ ތަކެތި ހޯދުމަށް މަސައްކަތްކުރުން.

- ޓްރަސްޓް ފަންޑް ކޮމިޓީގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

- މާލީ ބަޔާން ތައްޔާރު ކުރުމުގައި އެހީތެރިވުން އަދި ޗެކްކޮށް އެޕްރޫވްކޮށް މާލީ ބަޔާން މިނިސްޓްރީއަށް ފޮނުވުން.

- ކުރިއަށް އޮތް އަހަރުގެ ބަޖެޓު ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.

އާޢިޝަތު ޝިވާނީ، ޕްރިންސިޕަލް ހިއުމަން ރިސޯސް އޮފިސަރ

- އޮފީހަށް ބޭނުންވާ މަޤާމްތަކަށް މީހުން ހޯދުމާއި، މުވައްޒަފުން ވަކިކުރުމާއި ބަދަލުކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްދަނީ ގަވާއިދާ އެއްތޮށްތޯބަލާ ޗެކްކޮށް ވިލަރެސް ކުރުން.

- މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމާއި ޕަރފޯމަންސް އެޕްރެއިޒަލް އޮފިސަރެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކަމާގުޅުންހުރި އިދާރާތަކަށް ދޭން ބޭނުންވާ އެއްބާރުލުން ދިނުން.

- މުވައްޒަފުންގެ މުސާރައާއި ގުޅިގެން ތައްޔާރުކުރާ ހިސާބުތައް ޗެކް ކުރުން.

- އޮފީހުގެ އިދާރީ އޮނިގަނޑާއި ޓެކްނިކަލް އޮނިގަނޑާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

ސުހާ ޖަލީލު އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

- ސަރަޙައްދީ މިއުޒިއަމްގައި ކުރަންޖެހޭ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، ތަނަށް ހުށަހެޅޭ މައްސަލަތައް ހިންގަމުން ގެންދިޔުމާއި ޖަވާބު ދޭންޖެހޭ ކަންކަމަށް ޖަވާބު ދިނުމާއި ޔުނިޓުގެ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، މިއުޒިއަމްގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ހުވަދޫ ސަރަހައްދީ ދާރުލްއާސާރުގެ އާސާރީ ތަކެތީގެ އިންވެންޓްރީ އަދާހަމަ ކުރެވޭތޯ ކަށަވަރުކުރުން.

- މިއުޒިއަމްއަށް ޒިޔާރާތްކުރާ ޢާންމުންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް ރާވައި ހިންގުން.

- ހުވަދޫ ސަރަހައްދީ ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޓުއަރ ދިނުން.

ފާޠިމަތު ފައިހާ އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން

- ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުން ކުރާ މަސައްކަތްތައް ތަނުގެ މޭންޑޭޓާ އެއްގޮތަށް ހިނގަމުންދޭތޯ ބަލައި، އިރުޝާދުދިނުމާއި، ޔުނިޓުގެ ފަރާތުން ހިންގާ ހުރިހާކަމެއް ބަލައި، ފޯރުކޮށްދެވޭ ޚިދުމަތުގެ ފެންވަރުމަތިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- ދިވެހިރާއްޖޭގެ ތާރީޚު އަންނަން އޮތް ޖީލުތަކަށް ވާޞިލުކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ހއ.އުތީމު ގަނޑުވަރާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ގޯތިތެރޭގައިވާ ތަންތަން ރައްކައުތެރިކޮށް ބެލެހެއްޓޭނެ މަގުފަހިކޮށްދިނުން.

- ހއ.އުތީމު ގަނޑުވަރު ބަލަން ޒިޔާރަތްކުރާ ފަރާތްތަކަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ގަނޑުވަރު ބެލޭނެ މަގުފަހިކޮށްދިނުން.

- ހއ.އުތީމު ގަނޑުވަރާއި ރަށުގައި ހުރި އާސާރީ ތަންތަނުގެ ތާރީޚީ މައުލޫމާތު ހިމެނޭ ބޯޑުތައް އަދާހަމަކޮށް ތައްޔާރުކުރުން.

އިދާރާއިން އަމަލުކުރަމުން ގެންދަ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު

· ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)

· ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު)

· ގަވާއިދު ނަންބަރު 2020/R-38 (ދާރުލްއާސާރު ހިންގުމުގެ ގަވާއިދު)

· މާލިއްޔަތުގެ ގަވާއިދު

· ސިވިލް ސަރވިސްގެ ގަވާއިދު

އިދާރާއިން އަމަލުކުރާ އުސޫލުތަކުގެ ނުވަތަ ހަމަތަކުގެ މަޢުލޫމާތު

· އޮފީސް ހުޅުވާ ލެއްޕުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު

· ފޯނުން ޚިދުމަތް ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު

އިދާރާއިން ރައްޔިތުންނަށް އެއްވެސް އަސަރެއް ކުރާ ގޮތަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ވާނަމަ އޭގެ މަޢުލޫމާތާއި އެހެން ނިންމި ސަބަބު

· އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކުރުމަކީ ރައްޔިތުންނާ ގުޅުންހުރި ކަމެއް ކަމުން، ޤާނޫނާއި ގަވާއިދުގެ ތެރެއިން އެފަދަ ކަންކަން މަރުކަޒުން ކުރަމުންދޭ

އިދާރާގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި އެކަށައެޅުމާއި އެކަންކަމަށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅޭނެ ނިޒާމު / އުސޫލު ގެ ތަފުސީލު

·ސަރވިސް ޗާޓަރ ގައި ބަޔާން ކުރެވިފައި.

އިދާރާއަށް ކުރިއަށް ހިނގަމުންދާ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތަފުސީލު

14,760,380 (ސާދަ މިލިއަން ހަތްލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ އަށްޑިހަ)

އިދާރާއިން ކުރިއަށް އޮތް އަހަރަށް ކުރަން ރާވާފައިވާ ކަންކަމުގެ ތަފުސީލު

· ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢު

· މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ މަޝްރޫޢު

· މާލޭ ހުކުރު މިސްކިތުގެ އާބާތުރަފިލުވުން

· އާސާރީ ތަންތަނާއި ތަކެތީގެ އާބާތުރަފިލުވުމާއި ގިނަ ދުވަހަށް ދެމިހުންނާނޭ ގޮތަށް ރައްކާތެރިކުރުން

· ދިވެހިރާއްޖޭގައި ސަރަޙައްދީ އަދި ސައިޓް މިއުޒިއަމް ގާއިމުކުރުން

· ހުވަދޫ ސަރަޙައްދީ މިއުޒިއަމް ތަރައްޤީ ކުރުން

· ޤައުމީ ތަރިކަ ދުވަސް ފާހަގަ ކުރުން

· ދުނިޔޭގެ މާއްދީ ތަރިކައިގެ ދުވަސް ފާހަގަކުރުން

· ގައުމީ ދާރުލްއާސާރު ދުވަސް ފާހަގަކުރުން

· ތަރިކައަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް

· މައުނަވީ ތަރިކައިގެ ދުވަސް ފާހަގަކުރުން

· އޯޑިޔޯ ވިޜުއަލް ދުވަސް ފާހަގަކުރުން

· ސަގާފީ ސިންދަފާތު ދުވަސް ފާހަގަކުރުން

އިދާރާއިން ކުރިއަށް އޮތް އަހަރަށް ކުރަން ރާވާފައިވާ ކަންކަމަށް ޚަރަދުވާނެ ބަޖެޓު ތަފުސީލު

ކުރިޔަށް އޮތް އަހަރަށް ރާވާފައިވާ ކަންކަމުގެ ތަފްޞީލް

ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ހިމެނުން 1,000,000
މާނަވީ ތަރިކައިގެ ދަފްތަރު ތައްޔާރުކޮށް އާންމު ކުރުން 6000
ޤައުމީ ދާރުލްއާސާރު ތަރައްޤީ ކުރުން 1,200,000
ކޯގަންނު ގަބުރުސްތާނު އާބާތުރަ ފިލުވައި ތަރައްޤީ ކުރުން 1,000,000


އިދާރާއިން ނިމިދިޔަ އަހަރު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު

 އޮފީސް ބަޖެޓުން ޚަރަދު ކުރެވުނު ކޯޑް ތަފްޞީލް 2025
މުވައްޒަފުންނަށް ދޭ އެލަވަންސް 6,363,632.52
ރިޓަޔަރމެންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ 221,610.50
ދަތުރުފަތުރު ކުރުމުގެ ޚަރަދު 149,391.60
އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތެކެތީގެ އަގު 141,120.70
އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތުގެ ޚަރަދު 3,215,814.93
މަރާމާތް ކުރުމާއި ބެލެހެއްޓުމުގެ ޚަރަދު 593,604.68
ސަރުކާރުންދޭ އެހީ، އިޝްތިރާކާއި އަދި ސަބްސިޑީޒް 35,808.54
އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރި ޚަރަދު 282,563.90
ޕީ.އެސް.އައި.ޕީ އިން ޚަރަދުވި -
2025 ވަނަ އަހަރު އޮފީސް ބަޖެޓުން ޚަރަދު ކުރެވިފައިވާ ޖުމްލަ 11,003,547.37
ޓްރަސްޓް ފަންޑުން ޚަރަދު ކުރެވުނު ކޯޑް ތަފްޞީލް 2025
މަރާމާތް ކުރުމާއި ބެލެހެއްޓުމުގެ ޚަރަދު 10,800.00
2025 ވަނަ އަހަރު ޓްރަސްޓް ފަންޑުން ޚަރަދު ކުރެވިފައިވާ ޖުމްލަ 10,800.00
އިންޑިއާ ފަންޑުން ޚަރަދު ކުރެވުނު ކޯޑް ތަފްޞީލް 2025
އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ އަގު 64,800.00
2025 ވަނަ އަހަރު އިންޑިއާ ފަންޑުން ޚަރަދު ކުރެވިފައިވާ ޖުމްލަ 64,800.00
ޔުނެސްކޯ ފަންޑުން ޚަރަދު ކުރެވުނު ކޯޑް ތަފްޞީލް 2025
ޖަލްސާ އަދި ސެމިނަރ ފަދަ ކަންތައްތަކަށް ކުރާ ޚަރަދު 72,728.20
2025 ވަނަ އަހަރު ޔުނެސްކޯ ފަންޑުން ޚަރަދު ކުރެވިފައިވާ ޖުމްލަ 72,728.20
ޖަޕާން ފަންޑުން ޚަރަދު ކުރެވުނު ކޯޑް ތަފްޞީލް 2025
ޖަލްސާ އަދި ސެމިނަރ ފަދަ ކަންތައްތަކަށް ކުރާ ޚަރަދު 3,114.00
2025 ވަނަ އަހަރު ޖަޕާން ފަންޑުން ޚަރަދު ކުރެވިފައިވާ ޖުމްލަ 3,114.00

އިދާރާގެ މެންޑޭޓްގައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ދެނެގަންނަ ގޮތުގެ ތަފުސީލާއި އިދާރާ ޒިންމާދާރުކުރުވާ ގޮތުގެ ތަފުސީލު

· ސްޓްރެޓެޖިކް ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށްދާމިންވަރު ބެލުން

އިދާރާގެ އިންފޮމޭޝަން އޮފިސަރުގެ މަޢުލޫމާތު (ނަން / މަޤާމު / އީމެއިލް އެޑްރެސް / މޯބައިލް ނަންބަރު)

· ނަން: ފާޠިމަތު ޔަމަން ރަޝީދު

· މަޤާމު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

· މެއިލް އެޑްރެސް: [email protected]

· މޯބައިލު ނަންބަރު: 9709557