ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން

17 މޭ 2026

ދައުރު

  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް އާންމުކުރާއިރު އެ އުފެއްދުމަކާ އެކަށީގެންވާ ޢުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭ ގޮތަށް އާންމުކުރެވޭ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުން

މަސްއޫލިއްޔަތު:

  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް ޤާނޫނު ނަންބަރު: 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު) ގައި ބަޔާންކުރާ ގިންތިތަކަށް ފެތޭ ގޮތަށް އާންމުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް، ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅައި، އާންމުކުރުން.
  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރެވެނީ ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާއި މި ޤާނޫނު ދަށުން ހަދާ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުން.
  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކޮށް އާންމުކުރާ ފަންނީ އުފެއްދުންތަކުގެ ގިންތިތަކާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން.
  • ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން.
  • ބިއުރޯއިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  • ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަންނީ އުފެއްދުންތައް އާންމުކުރުމުގައި މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، އެކަން މޮނިޓަރކުރުން.
  • ރާއްޖޭގެ ނެޝަނަލް އައި.އެސް.ބީ.އެން. އެޖެންސީގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ގިންތިކުރާ ފަންނީ އުފެއްދުންތަކުގެ ދަފުތަރު ބެލެހެއްޓުން.
  • އަދަބީ އުފެއްދުން ފާސްކުރާ ފަރާތްތަކުގެ ދަފުތަރު ބެލެހެއްޓުން.
  • ގިންތިކުރާ ދިވެހި އުފެއްދުންތަކުގެ އެއް އަސްލު ރައްކާކޮށް ބެލެހެއްޓުން.
  • ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި އާންމުކުރާ ފަރާތްތައް ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށާއި އުސޫލުތަކަށް ހޭލުންތެރިކުރުން.

ވާޖިބު

  • ހަރުދަނާ އަދި ޒިންމާދާރުގޮތަކަށް ރާއްޖޭގައި އުފައްދާ އަދި ރާއްޖޭން ބޭރުން އެތެރެކުރާ ފަންނީ އުފެއްދުންތަކަށް ދަރަޖަ ކަނޑައެޅުމާއި، ރައްޔިތުންނަށް ހަރުދަނާ އަދި ބިނާކުރުވަނިވި މަޢުލޫމާތު ފޯރުކޮށް ދިނުމަށް އެހީތެރިވުން.

އޮނިގަނޑު

ރައްޔިތުންނަށް ފޯރުކޮށްދެމުންދާ / އަދި ކުރިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު

  • ރާއްޖޭގައި އުފައްދާ ފިލްމު ގިންތިކުރުން
  • ރާއްޖެއަށް އެތެރެކުރާ ފިލްމު ގިންތިކުރުން
  • ރީބްރޯޑްކާސްޓްކުރާ ޗެނަލް ގިންތިކުރުން
  • ޅެން/ ލަވަ ގިންތިކުރުން
  • ޕާރފޯމިންގ އާރޓްސް ގިންތިކުރުން
  • ފޮތް ގިންތިކުރުން
  • އައި.އެސް.ބީ.ނަންބަރު ދޫކުރުން
  • އިޝްތިހާރު ގިންތިކުރުން
  • އާރޓް އެގްޒިބިޝަން ގިންތިކުރުން
  • ގޭމް ގިންތިކުރުން

ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެ ގޮތުގެ ތަފުސީލު

  • ބިއުރޯގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޝަކުވާ ހުށަހެޅުމުގެ ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅުން.
  • ފޯނު މެދުވެރިކޮށް ޝަކުވާ ހުށަހެޅުން.
  • ބިއުރޯގެ ކައުންޓަރުގައި އާންމުންނަށް ފެންނާނޭހެން ބެހެއްޓިފައިވާ ކިއު.އާރް ކޯޑު ސްކޭން ކުރައްވައިގެން ޝަކުވާ ހުށަހެޅުން.

ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ އުސޫލު ނުވަތަ ތަފްސީލު

  • އެން.ބީ.ސީ.އަށް ހުށަހަޅާ އަދި އެން.ބީ.ސީ.އިން ފޮނުވާ އެންމެހާ ލިޔެކިއުންތައް ސަރވަރގައި ރައްކާތެރިގޮތުގައި ބެލެހެއްޓުމުގެ ނިޒާމް ގާއިމް ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ލިޔެކިއުންތައް ފައިލްކޮށް ފައިލްތައްވެސް ރައްކާތެރިގޮތުގައި ބެލެހެއްޓުމުގެ ނިޒާމް ގާއިމް ކުރެވިފައިވެއެވެ.

ބަލަހައްޓަމުން ގެންދާ ހުރިހާ މަޢުލޫމާތުތަކެއްގެ ތަފްސީލު

  • އެން.ބީ.ސީ.އަށް ހުށަހަޅާ އެންމެހާ ފަންނީ އުފެއްދުންތަކުގެ މަޢުލޫމާތުތައް ބަލަހައްޓަމުން ގެންދެއެވެ. އެގޮތުން ރާއްޖޭގައި އުފައްދާ ފިލްމާއި، ރާއްޖެއަށް އެތެރެކުރާ ފިލްމާއި، ރީބްރޯޑްކާސްޓްކުރާ ޗެނަލާއި، ޅެން/ ލަވަ އާއި، ޕާރފޯމިންގ އާރޓްސް އާއި ފޮތާއި، އިޝްތިހާރާއި، އާރޓް އެގްޒިބިޝަން އަދި ގޭމް އިތުރުން އައި.އެސް.ބީ.ނަންބަރު ގެ މަޢުލޫމާތު ހިމެނެއެވެ.

މަޢުލޫމާތައް އެދި ފަރާތަކުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އަމަލުކުރާނެ ގޮތް

  • އެން.ބީ.ސީ.އަށް މަޢުލޫމާތައް އެދި ފަރާތަކުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ ސިޓީ، އީމެއިލް އަދި ފޯނުގެ ޒަރީއާއިން ހުށަހެޅޭނެއެވެ.

އިސްވެރީންގެ މަޢުލޫމާތު / މަޝްއޫލިއްޔަތުތައް

މަގާމު ނަން އީމެއިލް އެޑްރެސް
ޑިރެކްޓަރ ޖެނެރަލް، ކްލެސިފިކޭޝަން ސަރވިސަސް (ޒިންމާދާރުވެރިޔާ) ޝަފާޢަތު ޙަބީބު [email protected]
ޑިރެކްޓަރ، ކޯޕަރޭޓް އެފެއަރޒް އާމިނަތު އަޒުލިފާ [email protected]
ސީނިއަރ ކްލެސިފަޔަރ މަޙްދީ އަޙްމަދު [email protected]
އެސިސްޓެންޓް ޑިރެކްޓަރ ޢާއިޝަތު ޢަޒްމާ [email protected]
ޕްރިންސިޕަލް ފައިނޭންސް އޮފިސަރ އާމިނަތު ލޫޒިޔާ ނަޒީރު [email protected]

ޝަފާޢަތު ޙަބީބު - ޑިރެކްޓަރ ޖެނެރަލް، ކްލެސިފިކޭޝަން ސަރވިސަސް / ޒިންމާދާރުވެރިޔާ:

  • ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އެންމެހާ ކަންކަން ރާވާ ހިންގައި އަދި ބިޔުރޯގެ ތަރައްޤީއާއި ޕޮލިސީ ލެވެލްގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ސްޓްރެޓެޖިކް ޕްލޭން އަދި އެކްޝަން ޕްލޭން ކަނޑައަޅައި ހިންގުން.

އާމިނަތު އަޒުލިފާ - ޑިރެކްޓަރ، ކޯޕަރޭޓް އެފެއަރސް:

  • ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ކޯޕަރޭޓް އެފެއަރޒް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.

މަހުދީ އަޙްމަދު - ސީނިއަރ ކްލެސިފަޔަރ:

  • ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ހުށަހަޅޭ ފަންނީ އުފެއްދުންތައް ގިންތި ކުރުމުގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގިންތި ކުރުމުގެ މަސައްކަތް ރާވާ ހިންގުން.

ޢާއިޝަތު ޢަޒްމާ - އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން:

  • ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިޔުމަންޓް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.

އާމިނަތު ލޫޒިޔާ ނަޒީރު- ޕްރިންސިޕަލް ފައިނޭންސް އޮފިސަރ:

  • ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ބަޖެޓް ލަފާކުރުމާއި، ބަޖެޓް ތައްޔާރުކުރުމާއި އަދި ބަޖެޓާބެހޭ މަސައްކަތްތައް ރާވާ ބެލެހެއްޓުން.

އަމަލުކުރަމުން ގެންދަ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު

  • ޤާނޫނު ނަންބަރު: 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު)
  • ގަވާއިދު ނަންބަރު: 2022/R-168 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގަވާއިދު)

އަމަލުކުރާ އުސޫލުތަކުގެ ނުވަތަ ހަމަތަކުގެ މަޢުލޫމާތު

  • އެން.ބީ.ސީ.އިން އަމަލުކުރުމަށް އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.

ރައްޔިތުންނަށް އެއްވެސް އަސަރެއް ކުރާ ގޮތަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ވާނަމަ އޭގެ މަޢުލޫމާތާއި އެހެން ނިންމި ސަބަބު

  • ނެތް

ސިޔާސަތުތަކަށް ފާޑުކިޔުމާއި އެކަށައެޅުމާއި އެކަން ކަމަށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅޭނެ ނިޒާމު / އުސޫލު ގެ ތަފުސީލު

  • ނެތް

ހިނގަމުންދާ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތަފުސީލު

  • 3,498,073.15 (ތިން މިލިއަން ހަތަރު ލައްކަ ނުވަދިހަ އަށްހާސް ހަތްދިހަ ތިނެއް ޕޮއިންޓް އެކެއް ފަހެއް)

ކުރިއަށް އޮތް އަހަރަށް ކުރަން ރާވާފައިވާ ކަންކަމުގެ ތަފުސީލު

  • ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ގުޅޭ އުސޫލުތައް އެކުލަވާލާ ނިންމުން.
  • 2027 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނާއި، ބެލެނިވެރިންނަށް އަމާޒުކޮށް ފަންނީ އުފެއްދުންތައް ގިންތިކުރާ އުމުރުފުރާތަކާއި ބެހޭގޮތުން މައުލޫމާތު ސެޝަންތައް ހިމެނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު މަޝްވަރާކޮށް ގޮތެއް ނިންމުން.
  • އޮފީސް އިމާރާތް އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ކްލެސިފަޔަރުންގެ ހުނަރު ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުން.
  • އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ "ކްލެސިފިކޭޝަން އެވެއާނަސް" ކެމްޕޭން.
  • ކްލެސިފިކޭޝަން ސެޓިފިކެޓް ޖެނެރޭޝަން މޮޑިއުލް ގާއިމްކުރުން.
  • ކްލެސިފިކޭޝަން އެވެއާނަސް ކެމްޕޭން ގެ ދަށުން މީޑިޔާ އެވެއާރނަސް ހިންގުން.
  • އައި.އެސް.ބީ.އެންގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުން

ކުރިއަށް އޮތް އަހަރަށް ކުރަން ރާވާފައިވާ ކަންކަމަށް ޚަރަދުވާނެ ބަޖެޓު ތަފުސީލު

  • އޮފީސް އިމާރާތް އާބާތުރަފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
ތަފްސީލު ޚަރަދު
ބިލްޑިންގ އެސެސްމަންޓެއް ހަދާނެފަރާތެއް އިއުލާންކޮށްގެން ހޯދައި މަސައްކަތް ހަވާލުކުރުން 50,000.00
ފާރުތަކުގައި ހުރި ރެނދުތައް ބައްދާ، ވޯލް ސީލަންޓްލުން 450,000.00
އިމާރާތުގެ ފާރުތަކުގައި ހުރި ފެންފޭބުމުގެ މައްސަލަތައް ހައްލުކޮށް، ފެންފޭބުމުގެ ސަބަބުން ހަލާކުވެފައިވާ ތަކެތި ބަދަލުކުރުން 800,000.00
ކަތުރު ފަނީގެ އަދި ފަންގަހުގެ އަސަރު ކޮށްފައިހުރި މިންވަރުބަލާ އެކަން ހައްލުކުރުން 80,000.00
އިމާރާތުގައި ހަލާކުވެފައިހުރި ޑެގުތައް ބަދަލުކުރުން 350,000.00
ރިސެޕްޝަން އޭރިއާ މަރާމާތުކުރުން 150,000.00
އިމާރާތުގެ އެތެރެއާއި ބޭރު ފާރުތަކުގައި ކުލަލުން 100,000.00
އޮފީހުގައި ހުރި ސިޑިތައް މަރާމާތުކުރުމުގެ މަސައްކަތްކުރުން 300,000.00
އޮފީހުގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި ހުރި ކާޕެޓްތައް ބަދަލުކުރުން 200,000.00
ޖުމްލަ 2,480,000.00


ކްލެސިފަޔަރުންނަށް ބޭނުންވާ ޚާއްސަ ތަމްރީނު

  • ހަރުދަނާ ކްލެސިފިކޭޝަން މަސައްކަތްތަކަށް ބޭނުންވާ، ކްލެސިފިކޭޝަނާއި ގުޅުން ހުރި ރޮނގުތަކުން ތަމްރީނު
ތަފްސީލު ޚަރަދު
ތަމްރީނުގެ ސްކޯޕާ އެއްގޮތްވާ ގޮތުގެ މަތިން ތަމްރީނުކުރުން 108,000.00
ކްލެސިފަޔަރުންނަށް ރިފްރެޝަރ ތަމްރީނު ދިނުމާއި އާ ދިރާސާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން 110,000.00
ކްލެސިފަޔަރުންނަށް ރިފްރެޝަރ ތަމްރީނު ދިނުމާއި އާ ދިރާސާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުން 110,000.00
ޖުމްލަ 328,000.00

ކްލެސިފިކޭޝަން އެވެއާނަސް ކެމްޕޭން – އާންމުންނަށް

  • ފަންނީ އުފެއްދުންތައް ކްލެސިފައިކުރުމާއި، އެކަމުގެ މުހިންމުކަން އަދި އެކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ މުހިންމުކަން އާއްމުންނަށް އަންގައިދިނުން.
  • ޕްރީސްކޫލް، ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް، މެއިންސްޓްރީމް މީޑިއާގައި ހުށަހަޅައިދޭ އުފެއްދުންތަކަކީ ކޮން އުމުރަށް އެކަށީގެންވާ ކޮންޓެންޓެއްކަން ނުވަތަ އެކުދިން ބަލަން އެކަށީގެންވާ އެއްޗެއްކަން ނުވަތަ ނޫންކަން އަންގައިދިނުން.
  • ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ފަންނީ އުފެއްދުންތައް ކްލެސިފައިކުރުމާއި، އެކަމުގެ މުހިންމުކަން އަދި އެކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ މުހިންމުކަން އަންގައިދިނުން.
ތަފްސީލު ޚަރަދު
ގްރޭޓާރ މާލޭ ސަރަހައްދުގައި ފަންނީ އުފެއްދުން ކްލެސިފައި ކުރުމާބެހޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުން 30,000.00
ހއ . އަތޮޅުތެރޭގައި ތެރޭގައި ފަންނީ އުފެއްދުން ކްލެސިފައި ކުރުމާބެހޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުން 50,000.00
ހދ. އަތޮޅުތެރޭގައި ތެރޭގައި ފަންނީ އުފެއްދުން ކްލެސިފައި ކުރުމާބެހޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުން 50,000.00
ވ. އަތޮޅުތެރޭގައި ފަންނީ އުފެއްދުން ކްލެސިފައި ކުރުމާބެހޭގޮތުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގުން 50,000.00
ޖުމްލަ 180,000.00

ކްލެސިފިކޭޝަން އެވެއާނަސް ކެމްޕޭން ގެ ދަށުން މީޑިޔާ އެވެއާރނަސް ހިންގުން

  • އާންމުންނަށް ކޮންޓެންޓް ދެއްކުމުގެ ކުރިން އުމުރާ އެކަށީގެންވާ އިންޒާރުތައް ދެއްކުމުގެ މުހިންމުކަން އަންގައިދިނުން
  • ވޯކްޝޮޕްތަކާއި އެކްސްޕާޓް އިންޓަވިއުތަކާއި ކޮންޓެންޓް ކޯލަބަރޭޝަންތައް މެދުވެރިކޮށް ކްލެސިފިކޭޝަން ސިސްޓަމްތައް ރަނގަޅަށް ތަމްސީލުކުރުމުގެ މުހިންމުކަން ކޮންޓެންޓް ކްރިއޭޓަރުންނަށް އަންގައިދިނުމެވެ.
ތަފްސީލު ޚަރަދު
ބިލްބޯޑުތަކަށް ޚާއްޞަކޮށްފައިވާ ވީޑިއޯ އިޝްތިހާރުތައް ތައްޔާރުކޮށް، އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރުމާއި، މި މަސައްކަތާ ގުޅުންހުރި އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން 20,000.00
ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކުރެވޭ ތަކެތި ޗާޕުކޮށް ޝާއިއުކުރުން 50,000.00
ބިލްބޯޑުތަކަށް ޚާއްޞަކޮށްފައިވާ ވީޑިއޯ އިޝްތިހާރުތައް ތައްޔާރުކޮށް، އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރުމާއި، މި މަސައްކަތާ ގުޅުންހުރި އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން 20,000.00
އައު ވީޑިއޯ އިޝްތިހާރުތަކާއި ބިލްބޯޑުތައް ފަރުމާކޮށް އުފައްދައި، އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ފެތުރުމާއި ބެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން 60,000.00
ޖުމްލަ 205,000.00

ކްލެސިފިކޭޝަން ސެޓިފިކެޓް ޖެނެރޭޝަން މޮޑިއުލް

  • ކްލެސިފިކޭޝަން މޮޑިއުލް އެއް ގާއިމްކޮށް މަސައްކަތް ހުށަހަޅާ ހިސާބުން ފެށިގެން ސެޓްފިކެޓް ދޫކުރުމާ ހަމައަށް ހިނގާ މަރުހަލާ އޮޓޮމޭޓް ކުރުން
ތަފްސީލު ޚަރަދު
ކްލެސިފިކޭޝަން ސެޓްފިކެޓް ދޫކުރުމުގެ މަރުހަލާ އޮޓޮމޭޓް ކުރުން 34,000.00
މައުލޫމާތު އެންޓްރީ ކުރުމަށް ފަސޭހަ ޔޫޒަރ އިންޓަރފޭސްއެއް މިހާރު ބިއުރޯގައި ޤާއިމްކުރެވިފައިވާ ވެބްސައިޓްގެ ބެކް-އެންޑް އަށް އިތުރުކޮށް، ބިއުރޯއިން ކަނޑައަޅާފައިވާ ޓެމްޕްލޭޓާ އެއްގޮތަށް އޮޓޮމެޓިކުން ސެޓްފިކެޓް އުފެއްދުން 34,000.00
ޖުމްލަ 68,000.00

އާންމު އަހަރީ ޖަލްސާ

  • ދިވެހިރާއްޖޭގައި އައި.އެސް.ބީ.އެން (ISBN) ދޫކުރާ ރަސްމީ އިދާރާއަކީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ކަމަށްވާއިރު، އައި.އެސް.ބީ.އެންގެ އަހަރީ އާންމު ޖަލްސާގައި ރާއްޖެ ތަމްސީލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މި ޖަލްސާގެ ސަބަބުން ބައިނަލްއަޤުވާމީ ފެންވަރުގައި ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުވެ، އަދަބިއްޔާތު ކުރިއެރުވުމަށް ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.
ތަފްސީލު ޚަރަދު
ދަތުރަށް ހިނގާނެ އެންމެހައި ޚަރަދުތައް 90,000.00
ޖުމްލަ 90,000.00

އެން.ބީ.ސީ.އިން ނިމިދިޔަ އަހަރު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު

  • އެން.ބީ.ސީ.އިން ނިމިދިޔަ އަހަރު ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު މި ކަރުދާހާއެކު އެޓޭޗްކުރެވިފައިވާނެއެވެ. (އެނެކްސް 2)

ލަނޑުދަނޑިތަކާއި ތަސައްވުރު އަދި އަސާސްތައް

ލަނޑުދަނޑި:
  • ހަރުދަނާ އަދި ޒިންމާދާރުގޮތަކަށް ރާއްޖޭގައި އުފައްދާ އަދި ރާއްޖޭން ބޭރުން އެތެރެކުރާ ފަންނީ އުފެއްދުންތަކަށް ދަރަޖަ ކަނޑައެޅުމާއި، ރައްޔިތުންނަށް ހަރުދަނާ އަދި ބިނާކުރުވަނިވި މަޢުލޫމާތު ފޯރުކޮށް ދިނުމަށް އެހީތެރިވުން.
ތަސައްވުރު:
  • ފަންނީ އުފެއްދުމަކުން މީހަކަށް ނުވަތަ ބަޔަކަށް ސީދާ ނުވަތަ ނުސީދާކޮށް ގެއްލުމެއް ލިބިދާފަދަ ގޮތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި ދުރާލާ އެންގޭނެ ނިޒާމެއް ގާއިމްކުރުން.
އަސާސް:
  • ދިވެހިރާއްޖޭގައި އުފައްދާ އަދި ދިވެހިރާއްޖެއަށް އެތެރެކުރާ ފަންނީ އުފެއްދުންތަކަކީ އެ އުފެއްދުމެއް އާންމުކުރާއިރު އެ އުދެއްދުމަކާ އެކަށީގެންވާ ޢުމުރުފުރާއަކަށް ކަނޑައެޅޭ ގިންތިއަކަށް ފެތޭ ގޮތަށް އާންމުކުރެވޭ އުފެއްދުންތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް އެކަށައެޅުން.

މެންޑޭޓްގައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ދެނެގަންނަ ގޮތުގެ ތަފުސީލާއި ޒިންމާދާރުކުރުވާ ގޮތުގެ ތަފުސީލު:

މެންޑޭޓްގައިވާ ކަންކަން ހާސިލްކުރެވޭ މިންވަރު ދެނެގަންނަ ގޮތް:

  • އެން.ބީ.ސީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާއި އޭގެ ނަތީޖާ ދެނެގަތުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތަކަކީ:
ގިންތިކުރުމުގެ ތަފާސްހިސާބު:
  • ކޮންމެ މަހަކު ގިންތި ކުރެވުނު ފަންނީ އުފެއްދުންތަކުގެ އަދަދާއި، އެ އުފެއްދުންތަކަށް ދެވުނު ރޭޓިންގތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
އަހަރީ ރިޕޯޓު:
  • ކޮންމެ އަހަރަކު އެކުލަވާލާ ބިއުރޯގެ އަހަރީ ރިޕޯޓުގައި، އެ އަހަރެއްގެ ތެރޭގައި ހާސިލުކުރަން ކަނޑައެޅި ލަނޑުދަނޑިތަކާއި، ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ހިމެނެއެވެ. މިއީ މެންޑޭޓް ހާސިލުކުރެވުނު މިންވަރު ވަޒަންކުރާ މައިގަނޑު ލިޔުމެވެ.

ޒިންމާދާރުކުރުވާ ގޮތް:

  • އެން.ބީ.ސީ އަކީ ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އިދާރާއަކަށްވުމުން، އެ އިދާރާ ޒިންމާދާރުކުރުވުން ކުރިއަށްދަނީ އަންނަނިވި ނިޒާމުގެ ތެރެއިންނެވެ:
  • ބެލެނިވެރި ވުޒާރާއިގެ ދަށުން ބެލެހެއްޓުން: އެން.ބީ.ސީ ހިގަމުންދަނީ ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ދަށުންނެވެ. އެގޮތުން މި ބިއުރޯގެ ސިޔާސަތުތައް މުތާލިއާކޮށް، މަސައްކަތްތައް ހިނގާގޮތް އެ ވުޒާރާއިން ސުޕަވައިޒް ކުރަމުން ގެންދެއެވެ.
  • ސިވިލް ސަރވިސް ކޮމިޝަން: ބިއުރޯގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސިވިލް ސާވަންޓުން ކަމަށްވާތީ، މުވައްޒަފުންގެ އަމަލުތަކާއި މަސައްކަތުގެ ފެންވަރު ބަލައި ޒިންމާދާރުކުރުވަނީ ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުންނެވެ.

އިންފޮމޭޝަން އޮފިސަރުގެ މަޢުލޫމާތު

ނަން:އިބްރާހީމް ރިމާޒް އަޙްމަދު

މަގާމު:އެސިސްޓެންޓް ކްލެސިފަޔަރ

އީމެއިލް އެޑްރެސް:[email protected]

މޯބައިލް ނަންބަރު: 7433020