dv
en
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
މާލެ، ދިވެހިރާއްޖެ
ޑައުންލޯޑް
ދެންނެވުން
ވުޒާރާ
ތަރިކަ
މަޝްރޫއު
މީޑިއާ
ރަސްމިއްޔާތުތައް
ޑައުންލޯޑް
ދެންނެވުން
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
11 މޭ 2026
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ މަޤްސަދަކީ ދިވެހީންގެ އަދި ދުނިޔޭގެ ފަންނުތައް ދިވެހިރާއްޖޭގައި ތަޢާރަފްކޮށް އުގަންނައިދިނުމާއި، ދިރާސާކޮށް ދެމެހެއްޓުމާއި، އާލާކޮށް ކުރިއެރުވުމާއި، އަދި ދިވެހި ފަންނުވެރީން ބިނާކުރުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި މީގެ އިތުރުން ވެސް އުފެއްދުންތެރިކަމުގެ ފެންވަރުމަތިކުރުމާއި، އަދި ހުށަހަޅައިދިނުމުގެ ގާބިލުކަން އިތުރުކުރުމާއި، މިކަންތައްތައް ކުރާނެ ވަޞީލަތްތަކާއި ފުރުޞަތުތައް ރާއްޖޭންނާއި ރާއްޖޭންބޭރުން ހޯދައިދީ، ދިވެހި ފަންނުވެރީން ދުނިޔޭގެ ފެންވަރަށް ވާސިލްވުމަށް ހިތްވަރުދީ އެހީތެރިވެ މަގުފަހިކޮށްދިނުމެވެ.
ކޯޕަރޭޓް އެފެއަރޒް ސެކްޝަންގެ މަސައްކަތްތައް:
ކޯޕަރޭޓް އެފެއަރޒް ސެކްޝަންގެ މައިގަނޑު މަސައްކަތްތަކަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ ޗެޕްޓަރ 7 ގައިވާ ޕާރމަނަންޓް ސެކްރެޓަރީ ކުރުމަށް ލާޒިމްކުރާ ކަންތައްތަކުގެ ތެރެއިން ސަރުކާރުގެ ރަސްމީ އޮނިގަނޑުން މި ސެންޓަރަށް ކަނޑައަޅާފައިވާ މޭންޑޭޓް ތަންފީޒުކުރުމަށް ކުރަންޖެހޭ، ފައިސާއާއި މުދަލާއިބެހޭ އެންމެހާ ކަންތައްތަކާއި، އިދާރީ ކަންކަމާއި، މުވައްޒަފުންނާގުޅޭ ކަންކަން ރާވައި ހިންގާ މޮނިޓަރކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން ސެކްޝަންތަކުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުމާއި، ދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
އެޑްމިނިސްޓްރޭޝަން ޔުނިޓްގެ މަސައްކަތްތައް:
އެޑްމިނިސްޓްރޭޓިވް ޔުނިޓްގެ މައިގަނޑު މަސައްކަތަކީ އޮފީސް ހިންގުމަށް ބޭނުންވާ އިދާރީ މަސައްކަތާއި އެޑްމިން ޔުނިޓާއި، ސްޓޮކް ބެލެހެއްޓުމާއި، އެސެޓްތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުމާއި، އެތަންތަނުން ކުރަންޖެހޭ މަސައްކަތްތައް ޤަވާއިދުން ކުރުވާ ބެލެހެއްޓުމަށްޓަކައި އޮނިގަނޑުގައި ހިމަނާފައިވާ ޔުނިޓެކެވެ.
އިންފޯމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މަސައްކަތްތައް:
އައި.ޓީ ޔުނިޓްގެ ގެ މައިގަނޑު މަސައްކަތަކީ މުޅި އިދާރާގެ އައި.ޓީ އިންފްރާސްޓްރަކްޓަރ ބެލެހެއްޓުމެވެ.މީގެ ތެރޭގައި މުވައްޒަފުން ބޭނުން ކުރާ އެންމެހާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި،ސަރވަރ ތަކާއި،ފަޔަރވޯލް،ޕީ.އޭ.ބީ.އެކްސް ސިސްޓަމް އަދި އިދާރާގައި ބޭނުން ކުރާ ސޮފްޓްވެއަރ،އީމެއިލް ސިސްޓަމް،އަދި އީ-ގަވަމަންޓް ފޯޓާލް ބެލެހެއްޓުން މީގެ ތެރޭގައި ހިމެނެއެވެ.އަދި އައި.ޓީ އާއި ގުޅޭ ތަކެތި ގައުމާއި ސިސްޓަމްތައް އަޕްގްރޭޑް ކޮށް ބެލެހެއްޓުންވެސް ހިމެނެއެވެ.އަދި މުވައްޒަފުންނަށް ދިމާވާ އައި.ޓީ އާއި ގުޅުން ހުރި މައްސަލަތައް ދެނެގެނެ،މި މައްސަލަތައް މުވައްޒަފުންނަށް ހައްލު ކޮށްދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.އަދި އައި.ޓީ އިން ދޭ ޚިދުމަތްތައް ޒަމާނީ ކޮށް،މުވައްޒަފުން އައި.ޓީ އަށް ހޭލުންތެރިކުރުން ވެސް އައި.ޓީ ޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ޕަބްލިކް ރިލޭޝަންސް ޔުނިޓްގެ މަސައްކަތްތައް:
ޕަބްލިކް ރިލޭޝަންސްގެ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ފަންނުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރުން، ރާއްޖޭގައި ފަންނުވެރިންނަށް ފަންނީ އުފެއްދުންތައް އިޝްތިހާރުކޮށް އާންމުންގެ ޝައުޤުވެރިކަން ހޯދޭނެ ގޮތްތައް މަގުފަހިކޮށްދިނުން، ބާއްވާ އިވެންޓްތަކާބެހޭ މައުލޫމާތު ހާމަކުރުން، އިވެންޓްތަށް މާކެޓް ކުރުން، އިވެންޓް ތަކަށް ސްޕޮންސަރ ހޯދުމުގެ މަސައްކަތް ކުރުން، އެން.ސީ.އޭގެ ވެބްސައިޓް ބެލެހެއްޓުން، އަދި އެން.ސީ.އޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމެވެ.
ހިއުމަން ރިސޯސް ޔުނިޓްގެ މަސައްކަތްތައް:
އޮފީސްގެ ހިއުމަން ކެޕިޓަލްއާ ގުޅުންހުރި އެކިއެކި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމާއި، ރެކްރޫޓްމަންޓާއި ސެލެކްޝަނާއި، މުވައްޒަފުން ވަޒީފާއަށް ލެއްވުމާއި، އަލަށް ވަޒީފާ ހަމަޖައްސާ މުވައްޒަފުންނަށް އޮރިއެންޓޭޝަން ދިނުމާއި، މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމާއި، މުވައްޒަފުންގެ ޕާފޯމަންސް މެނޭޖްމަންޓް، މުވައްޒަފުން ޑިވެލޮޕްމަންޓާއި ތަމްރީން، އެޗް.އާރް ޕޮލިސީތަކާއި ޕްރޮސީޖަރތަކާއި، މުވައްޒަފުން އެންގޭޖްމަންޓާއި ރިޓެންޝަން، އެޗް.އާރް ކޮމްޕްލައިންސް އެންޑް ރިޕޯޓިންގ ގެ އިތުރުން، މުވައްޒަފުން ވަކިކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ. އަދި މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާއި، މުވައްޒަފުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާކަން ކަށަވަރުކުރުމާއި، ރަނގަޅު މަސައްކަތުގެ މާޙައުލެއް އުފެއްދުމާއި، މިނިސްޓްރީ އާއި މުވައްޒަފުންގެ ކުރިއެރުމަށް އެހީތެރިވުމަށް މަސައްކަތް ކުރުން ހިމެނެއެވެ. މުވައްޒަފުންނަށް ދޭންޖެހޭ އުޖޫރައާއި އިނާޔަތްތައް ދިނުމާއި، މުވައްޒަފުންގެ މައްޗަށް ސިވިލް ސާރވިސްގެ ގާނޫނާއި ގަވާއިދުގެ މަތިން ކަންކަން ތަންފީޛުކޮށް، މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލަށް އެކަށީގެންވާ ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުމާއި މަސައްކަތްކުރުމުގެ މާހައުލު ރައްކާތެރި އަމާން ތަނަކަށް ހެދުމާއި މުވައްޒަފުންގެ މެދުގައި މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމެވެ.
ޕްރޮކިއުމަންޓް ޔުނިޓްގެ މަސައްކަތްތައް:
ޕްރޮކިއުމަންޓް ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ އޮފީސް ހިންގުމަށް ބޭނުންވާ މުދަލާއި ޚިދުމަތާއި، މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމެވެ. މީގެ ތެރޭގައި ޕްރޮކިއުމަންޓް ޕްލޭނިންގ، ޕްރޮކިއުމަންޓް ޕްރޮސެސް މެނޭޖްމަންޓް، ވެންޑަރ/ސަޕްލައި މެނޭޖްމަންޓް، ކޮންޓްރެކްޓް މެނޭޖްމަންޓް، ޕްރޮކިއުމަންޓް ޑޮކިއުމަންޓޭޝަން އަދި ރެކޯޑް ބެލެހެއްޓުން ހިމެނެއެވެ. ޕްރޮކިއުމަންޓް ސެކްޝަނުން ޕްރޮކިއުމަންޓް ހަރަކާތްތައް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ކުރިޔަށް ގެންދެވޭކަން ކަށަވަރުކޮށް، ޕްރޮކިއުމަންޓްގެ މަސައްކަތްތައް ހާމަކަން ބޮޑުކަމާއި، ދައުލަތަށް އެންމެ ފައިދާ ހުރިހޮތުގައި ޕްރޮކިއުމަންޓާއި ގުޅޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
ފައިނޭންސް ޔުނިޓްގެ މަސައްކަތްތައް:
ފައިނޭންސް ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ އޮފީހުގެ މާލީ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ބެލެހެއްޓުމާއި، ފައިނޭންޝަލް ރިޕޯޓިންގ އާއި، ފައިނޭންޝަލް ޕޮލިސީ އަދި ޕްރޮގްރާމް ތައްޔާރު ކުރުމާއި، އިންޓަރއޭޖެންސީ ޓްރާންސެކްޝަންސްގެ ގޮތުގައި ހަދަންޖެހޭ ޓްރާންސެކްޝަން ހެދުމާއި، ބަޖެޓް ތަންފީޒު ކުރެވެމުންދަނީ މާލީ ގަވާއިދުތަކާއި ސިޔާސަތުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުން ހިމެނެއެވެ. އަދި ކޮންމެ މާލީ އަހަރަކަށް ކަނޑައަޅާ ބަޖެޓާއި ޑިސްޕާސްމެންޓް އަދި ޕްރޮކި އުމަންޓް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި، އޮފީސްގެ ފައިސާގެ ކަންތައްތައް ބެލެހެއްޓުމާއި ކޮންމެ މީލާދީ އަހަރަކަށް ހަދަންޖެހޭ ބަޖެޓް ހެދުމާއި ލިބޭ ބަޖެޓް ޚަރަދު ކުރުމާއި ބަޖެޓާ ގުޅިގެން ހަދަންޖެހޭ ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އަހަރީ މާލީ ހިސާބު ތައްޔާރުކޮށް ފޮނުވުމެވެ.
އާޓްސް ޑިވެލޮޕްމަންޓް ޑިވިޝަންގެ މަސައްކަތްތައް:
ސްޓޫޑިއޯ ސެކްޝަން:
ސްޓޫޑިއޯ ސެކްޝަންގެ މައިގަނޑު މަސައްކަތްތަކަކީ އެކި މުނާސަބަތުތަކާގުޅިގެން ސަރުކާރުން އިންތިޒާމުކުރާ ޙަފްލާތަކަށް ބޭނުންވާ މިޔުޒިކު އޮންސާމްބަލްތައް ރަނގަޅު ފެންވަރެއްގައި ރާވައި ހިންގުން، އެން.ސީ.އޭ ގެ ރިހާސަލް އަދި ރެކޯޑިންގ ސްޓޫޑިއޯ ތަކުގެ މަސައްކަތް ކުރުން، ޕާރފޯމިންގ އާޓްސް ދާއިރާގެ އުފެއްދުންތަކުގެ ފެންވަރު ބެލުމާއި ފެންވަރު މަތިކުރެވޭނެ ގޮތްތައް ރޭވުން، އޮލިމްޕަހުގައި ބޭނުންކުރާ ސައިންޑް އިކްޕްމަންޓާއި ސައުންޑް މެނޭޖްކުރުމަށް ބޭނުންވާ ސޮފްޓްވެއަރ އަޕްޓޭޑްކޮށް ބެލެހެއްޓުން، ސަރުކާރަށް ބޭނުންވާ މިއުޒިކް ތައްޔާރުކޮށްދިނުން، އަދި އެން.ސީ.އޭގެ މިއުޒިކް ބޭންޑްގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ނޭޝަނަލް އާޓް ގެލަރީ:
ނޭޝަނަލް އާޓް ގެލެރީ ސެކްޝަންގެ މައިގަނޑު މަސައްކަތްތަކަކީ ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މައުރަޒުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިންބޭރުގެ އެކިއެކި މައުރަޒުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން، ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މަޢުލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެގޮތް ހަމަޖެއްސުން، ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން. ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެތި ޢާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން، ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ސަޤާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެއްޗާބެހޭ މަޢުލޫމާތު ދީ، އެތަކެތި ޢާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން، ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް" ތައް ރާވައި ހިންގުން، ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން" ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން، ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެކަންތައްތައް ކުރިއަށް ގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން، ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން، އަދި ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުމެވެ.
އޮލިމްޕަސް ތިއޭޓަރ ސެކްޝަން:
އޮލިމްޕަސް ތިއޭޓަރ ސެކްޝަންގެ މައިގަނޑު މަސައްކަތްތަކަކީ އޮލިމްޕަސް ތިއޭޓަރުގައި ބާއްވާ އިވެންޓުތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުރިއަށްގެންދިއުން، އޮލިމްޕަހުގެ ޓެކްނިކަލް އޮޕަރޭޝަންސް (ފިލްމު ސްކްރީން ކުރުމާއި ސްޓޭޖް ލައިޓް އަދި ސައުންޑު) ގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން، އޮލިމްޕަސް ތިއޭޓަރުގެ އިދާރީ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން، އޮލިމްޕަސް ތިއޭޓަރގައި ފިލްމު ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.އޮލިމްޕަސް ބެކްޔާޑްގައި ބާއްވާ އިވެންޓްތަކަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ދޫކުރުން، އަދި ޕްރަކްޓިސް ރޫމްތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ދޫކުރުމެވެ.
އިވެންޓްސް އެންޑް ޓްރެއިނިންގ ސެކްޝަން:
އިވެންޓްސް އެންޑް ޓްރެއިނިން ސެކްޝަންގެ މައިގަނޑު މަސައްކަތް ތަކަކީ އާޓިސްޓިކް ފަންނުތަކަށް ޝައުޤުވެރިވާ ހުރިހާ ދިވެހީންނަށާއި، ސްކޫލް ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން، ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ޤާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން، ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނޭ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން، ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމްޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން، ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން. ރާއްޖޭގެ ސްކޫލް ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް އާލާކުރުމުގެގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް ސްކޫލް މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުންނަށް ދައްކައި، އަދި ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުމެވެ.
ދޭ ޚިދުމަތްތައް:
މިއުޒިކް ބޭންޑް ރަޖިސްޓްރީކޮށްދިނުން
ދިވެހިރާއްޖޭގައި މިއުޒިކް ކުޅުމަށް، އުފެއްދުމަށް އަދި / ނުވަތަ އުގަންނައިދިނުމަށް އުފައްދާ މިއުޒިކް ބޭންޑްތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީކުރުމަށްފަހު އެބޭންޑަކަށް ޤާނޫނީ ޝަޙްސެއްގެ ހައިޞިއްޔަތު ލިބިދިނުމުގެ ބޭނުމުގައި ބޭންޑްތައް ރަޖިސްޓްރީކޮށްދެމުންގެންދެއެވެ.
ރާއްޖޭގައި ފިލްމާއި އިޝްތިހާރު ނެގުމުގެ ހުއްދަ ދޫކުރުން
ރާއްޖޭގައި ފިލްމާއި އިޝްތިހާރު އުފެއްދުމަށް މަގުފަހިކޮށްދިނުމަށްޓަކައި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ދަނީ ހުއްދަ ދޫކުރަމުންނެވެ. އެގޮތުން ފީޗަރ ފިލްމު، ކުރު ފިލްމު، ޑޮކިއުމަންޓްރީ ފިލްމު އަދި ވީޑިއޯ ލަވަ ހިމެނޭ ގޮތަށް މި ހުއްދަ ދޫކުރަމުން ދެއެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ފޮޓޯ އަދި ވީޑިއޯ ޝޫޓްކުރުމަށް ހުއްދަ ދޫކުރުން
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ފޮޓޯ އަދި ވީޑިއޯ ޝޫޓްކުރުމަށް އަންނަ ފަރާތްތަކަށް މި ސެންޓަރުން ގެންދަނީ ހުއްދަ ދޫކުރަމުންނެވެ.
ޕްރެކްޓިސް ރޫމް ދޫކުރުން
ރާއްޖޭގައި މިއުޒިކް ކުޅޭ ފަރާތްތަކަށާއި ޑާންސް ގްރޫޕްތަކަށް ފަރިތަކުރުމަށް މި ސެންޓަރުން ޕްރެކްޓިސް ރޫމްތައް ދޫކުރަމުންގެދެއެވެ. އެގޮތުން މިއުޒިކް ޕްރެކްޓިސް ކުރުމަށް 2 ޕްރެކްޓިސް ރޫމް އަދި ޑާންސް ޕްރެކްޓިސް ކުރުމަށް 1 ރޫމް ދޫކުރަމުންގެންދެއެވެ.
ކްލާސް ރޫމް ދޫކުރުން
ރާއްޖޭގައި ފަންނުވެރިން ކުރިއެރުވުމާއި ފަންނުގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ އެކި އެކި ޕްރޮގަރާމްތަކާއި އުގަންނައިދިނުމަށް އެން.ސީ.އޭގެ 02 ކްލާސްރޫމްވަނީ ޤާއިމް ކުރެވިފައެވެ. އަދި ކްލާސްރޫމްގައި އެން.ސީ.އޭއިން ހިންގާ ކުދި ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދެއެވެ. އަދި ފަންނުވެރިންނަށްވެސް މި ފަދަ ޕްރޮގްރާމްތައް އެން.ސީ.އޭ އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހުއްދަދެވެއެވެ.
އޮނިގަނޑު
މެންޑޭޓް
އާޓިސްޓިކް ފަންނުތަކަށް ޝައުގުވެރިވާ ހުރިހައި ދިވެހީންނަށާއި، އިސްކޫލު ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން
ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމުޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމުޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.
ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން އާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.
ދިވެހީންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ގާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.
ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނެ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.
ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.
ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުން.
ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި ބެލެހެއްޓުން.
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ސަގާފީ ކުޅިވަރުތަކާ ބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، މި މައުލޫމާތު ފަސޭހަކަމާ އެކު އާންމުނަށް ލިބޭނެ މަގުފަހިކޮށްދިނުން.
ރާއްޖޭގެ އިސްކޫލު ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިސްކޫލު މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ހޯދައިދިނުން.
ރާއްޖޭގައި ފަންނުވެރީންނަށް ފަންނީ އުފެއްދުންތައް އިސްތިހާރުކޮށް އާންމުންގެ ޝައުގުވެރިކަންހޯދޭނެ މަގުފަހިކޮށްދިނުން.
ރާއްޖޭގެ ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލައި، އެ ދަފުތަރު ބެލެހެއްޓުން.
ސަރުކާރުގެ ސިނަމާތަކާއި، މުނިފޫހިފިލުވުމާ ބެހޭ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.
ރައްޔިތުންނަށް ފޯރުކޮށްދެމުންދާ / އަދި ކުރިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު
އޮލިމްޕަސް
ފިލްމު ދެއްކުމަށާއި ޝޯ ބޭއްވުމަށާއި އަދި ފަންނުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަމަށް އޮލިމްޕަހުގެ ހޯލް ހަމަހަމަ ގޮތެއްގައި، ވަކިއުޞޫލެއްގެ ދަށުން ކުއްޔަށް ދޫކުރުމުންގެންދެއެވެ.
ނެޝަނަލް އާޓް ގެލެރީ
ނެޝަނަލް އާޓް ގެލެރީގައި ބާއްވާ ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގައްޔާއި، ނޭޝަނަލް އާޓް ގެލެރީގެ ހޯލް ކުއްޔަށް ދޫކޮށްގެންނާއި އެނޫންވެސް ގޮތަކަށް ނޭޝަނަލް އާޓް ގެލެރީ ގެ ހޯލް ބޭނުންކުރުމަށް ދޫކުރަމުންގެންދެއެވެ.
މިއުޒިކް ބޭންޑް ރަޖިސްޓްރީކޮށްދިނުން
ދިވެހިރާއްޖޭގައި މިއުޒިކް ކުޅުމަށް، އުފެއްދުމަށް އަދި / ނުވަތަ އުގަންނައިދިނުމަށް އުފައްދާ މިއުޒިކް ބޭންޑްތައް ރަޖިސްޓްރީކުރުމާއި، ރަޖިސްޓްރީކުރުމަށްފަހު އެބޭންޑަކަށް ޤާނޫނީ ޝަޙްސެއްގެ ހައިޞިއްޔަތު ލިބިދިނުމުގެ ބޭނުމުގައި ބޭންޑްތައް ރަޖިސްޓްރީކޮށްދެމުންގެންދެއެވެ.
ރާއްޖޭގައި ފިލްމާއި އިޝްތިހާރު ނެގުމުގެ ހުއްދަ ދޫކުރުން
ރާއްޖޭގައި ފިލްމާއި އިޝްތިހާރު އުފެއްދުމަށް މަގުފަހިކޮށްދިނުމަށްޓަކައި ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ދަނީ ހުއްދަ ދޫކުރަމުންނެވެ. އެގޮތުން ފީޗަރ ފިލްމު، ކުރު ފިލްމު، ޑޮކިއުމަންޓްރީ ފިލްމު އަދި ވީޑިއޯ ލަވަ ހިމެނޭ ގޮތަށް މި ހުއްދަ ދޫކުރަމުން ދެއެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ފޮޓޯ އަދި ވީޑިއޯ ޝޫޓްކުރުމަށް ހުއްދަ ދޫކުރުން
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ފޮޓޯ އަދި ވީޑިއޯ ޝޫޓްކުރުމަށް އަންނަ ފަރާތްތަކަށް މި ސެންޓަރުން ގެންދަނީ ހުއްދަ ދޫކުރަމުންނެވެ.
ޕްރެކްޓިސް ރޫމް ދޫކުރުން
ރާއްޖޭގައި މިއުޒިކް ކުޅޭ ފަރާތްތަކަށާއި ޑާންސް ގްރޫޕްތަކަށް ފަރިތަކުރުމަށް މި ސެންޓަރުން ޕްރެކްޓިސް ރޫމްތައް ދޫކުރަމުންގެދެއެވެ. އެގޮތުން މިއުޒިކް ޕްރެކްޓިސް ކުރުމަށް 2 ޕްރެކްޓިސް ރޫމް އަދި ޑާންސް ޕްރެކްޓިސް ކުރުމަށް 1 ރޫމް ދޫކުރަމުންގެންދެއެވެ.
ކްލާސް ރޫމް ދޫކުރުން
ރާއްޖޭގައި ފަންނުވެރިން ކުރިއެރުވުމާއި ފަންނުގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ އެކި އެކި ޕްރޮގަރާމްތަކާއި އުގަންނައިދިނުމަށް އެން.ސީ.އޭގެ 02 ކްލާސްރޫމްވަނީ ޤާއިމް ކުރެވިފައެވެ. އަދި ކްލާސްރޫމްގައި އެން.ސީ.އޭއިން ހިންގާ ކުދި ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދެއެވެ. އަދި ފަންނުވެރިންނަށްވެސް މި ފަދަ ޕްރޮގްރާމްތައް އެން.ސީ.އޭ އާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހުއްދަދެވެއެވެ.
ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެ ގޮތުގެ ތަފުސީލު
އެން.ސީ.އޭ ގެ އީމެއިލް އެޑްރެސް
[email protected]
މެދުވެރިކޮށް ހުށަހެޅޭނެ
އިދާރާގެ ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ އުސޫލު ނުވަތަ ތަފުސީލު
މި މަރުކަޒަށް ލިބޭ ސިޓީއާއި އެހެނިހެން ލިޔެކިޔުންތައް ސްކޭންކުރުމަށްފަހު 'ޖެމްސް' (GEMS) އަށް އަޅައި، އެ ތަކެތީގެ ސޮފްޓް ކޮޕީ ޖެމްސް އަދި ސަރވަރގައި ރައްކާކުރެވެއެވެ. މީގެ އިތުރުން، އިދާރާއަށް ބަލައިގަނެވޭ ހުރިހާ ލިޔެކިޔުންތަކުގެ ތަފުސީލު އެކްސެލް ޝީޓެއްގައި ދަފުތަރުކޮށް ބަލަހައްޓަމުން ގެންދެވެއެވެ.
ހާޑް ކޮޕީ ނުވަތަ އަސްލު ޙަވާލުކުރެވޭތާ 1ދުވަހުގެ ތެރޭގައި ފައިލްކޮށް ނިންމުން.
ފައިލްކުރުމުގައި ކޮޕީ ލާންޖެހޭ ފައިލްތަކަށް ކޮޕީ ލުމާއި އޮފީހުގެ ފައިލް ކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފައިލްކުރަމުން ގެންދިއުން. މިގޮތުން ތާރީޚް ތަރުތީބުން ފައިލްކުރުމާއި، "ލިބޭ" އަދި "ފޮނުވާ" ސިޓީތައް ވަކިން ފައިލްކުރުން.
ފައިލް ކުރެވިފައިވާ ލިޔުމެއް ނަގަންޖެހިއްޖެ ޙާލަތެއްގައި، ލިޔުމުގެ އަސްލު ނުނަގައިވާ ޙާލަތްތަކުގައި ކޮޕީ ނެގުމަށްފަހު، ވަގުތުން ސިޓީ ފައިލް ކުރުން.
އިދާރާއިން ބަލަހައްޓަމުން ގެންދާ ހުރިހާ މަޢުލޫމާތުތަކެއްގެ ތަފުސީލު
މިއުޒިކް ބޭންޑް ރަޖިސްޓްރީ+
ފަންނުވެރިންގެ ދަފްތަރު
ފިލްމާއި އިޝްތިހާރު ދޫކުރުމުގެ ހުއްދަތައް
އޮލިމްޕަސް ސިނަމާގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތަފްސީލް
ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތަފްސީލް
އެން.ސީ.އޭ އިން ކުރިއަށްގެންދާ އިވެންޓްތަކާއި ހަރަކާތްތަކުގެ ތަފްސީލް
އިދާރާއިން އާންމުކޮށް ޝާއިއުކުރާ މަޢުލޫމާތުތައް
އޮލިމްޕަސް ސިނަމާގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު
ނެޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު
އެން.ސީ.އޭ އިން ކުރިއަށްގެންދާ އިވެންޓްތަކާއި ހަރަކާތްތަކުގެ މަޢުލޫމާތު
އިދާރާއަށް މަޢުލޫމާތައް އެދި ފަރާތަކުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އަމަލުކުރާނެ ގޮތުގެ ތަފުސީލު
އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ މަހޯލި ޕޯޓަލް މެދުވެރިކޮށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ހުށަހެޅުމުން މިސެންޓަރުގެ އިންފޮމޭޝަން އޮފިސަރ މެދުވެރިކޮށް ޖަވާބު ދެވޭނެއެވެ.
އިދާރާގެ އިސްވެރީންގެ މަޢުލޫމާތު / މަޝްއޫލިއްޔަތުތައް
މުޙައްމަދު އިކްރާމް (ސްޓޭޓް މިނިސްޓަރ)
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ހިންގެވުމާ ހަވާލުވެހުންނެވި ސިޔާސީގޮތުން އެންމެ އިސްވެރިޔާ.
އެން.ސީ.އޭއަށް އައްޔަނުކުރައްވާފައިވާ ސިޔާސީ މުވައްޒަފުން
ޑެޕިއުޓީ މިނިސްޓަރ / އަޙްމަދު ސަލީމް
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ / އާމިރާ އިސްމާޢިލް
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ / މަރިޔަމް މަޖުދާ
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ / އަބްދުﷲ އަމްޒަލް ރަޝީދު
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ / އަޙްމަދު އިމްތިޔާޒް
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ / އިސްމާޢިލް ޝަފީޤް
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ / އާސިފް ހަސަން
އާމިނަތު މުޙައްމަދު (ޑިރެކްޓަރ ޖެނެރަލް، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް) - ޒިންމާދާރު ވެރިޔާ
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ހިންގެވުމާ ހަވާލުވެހުންނެވި އެންމެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެންމެހައި މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުން.
އޮފީހުގެ ބަޖެޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ރާވައި ހިންގާ ބެލެހެއްޓުން.
އޮފީހުގެ މަޤްސަދުތަކާއި ސްޓެރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަން / ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
އެން.ސީ.އޭގެ މެންޑޭޓުގެ ތެރެއިން އާޓްސް ދާއިރާގެ އެކި ކަންކަމަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލްތައް، އެ ދާއިރާއަކާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުއްވުމަށް ހުންނަވާ ވެރިއެއްގެ ލަފައައި އިރުޝާދުގެ ދަށުން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، ޚިދުމަތްތައް އަވަސްވާނެގޮތަށް މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ފުރިހަމަކުރުމުގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމާއެކު އެކަންކަން ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ހިންގާ ބެލެހެއްޓުން.
އޮފީހުގެ ސެކްޝަން / ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަންކަން ކުރުވުން.
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ގެ އަހަރީ ރިޕޯޓު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުވުމާއި އަދި ދުވަހުން ދުވަހަށް ސެކްޝަން / ޔުނިޓުން ކުރެވުނު މަސައްކަތުގެ ޔައުމިއްޔާއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.
ރާއްޖޭގެ މުއައްސަސާ ތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާ އެކު ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ)ގެ ފަރާތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ފޮނުވަންޖެހޭ ސިޓީތަކާއި އެކިއެކި ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި ކުރުން.
ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އަދި މިނިސްޓްރީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން.
ސެކްޝަން ތަކާއި ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން، އެއިރަކު ހުންނަވާ އެންމެ އިސްވެރިއަކު ޙަވާލުކުރައްވާ، އެން.ސީ.އޭ ގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
ސެކްޝަންތަކުގެ ވެރިން
އަޘީމާ މުޙައްމަދު (ޑިރެކްޓަރ، ކޯޕަރޭޓް އެފެއާޒް)
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ހިންގެވުމާ ހަވާލުވެހުންނެވި އެންމެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކޯޕަރޭޓް އެފެއާޒް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
އޮފީހުގެ ބަޖެޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ރާވައި ހިންގާ ބެލެހެއްޓުން.
އޮފީހުގެ މަޤްސަދުތަކާއި ސްޓެރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަން / ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
އެން.ސީ.އޭގެ މެންޑޭޓުގެ ތެރެއިން އާޓްސް ދާއިރާގެ އެކި ކަންކަމަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް، އެ ދާއިރާއަކާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުއްވުމަށް ހުންނަވާ ވެރިއެއްގެ ލަފައާއި އިރުޝާދުގެ ދަށުން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، ޚިދުމަތްތައް އަވަސްވާނެގޮތަށް މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ފުރިހަމަކުރުމުގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމާއެކު އެކަންކަން ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ހިންގާ ބެލެހެއްޓުން.
ކޯޕަރޭޓް އެފެއާޒް ސެކްޝަން ދަށުން ބަލަހައްޓާ ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަންކަން ކުރުވުން.
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ އަހަރީ ރިޕޯޓު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުވުމާއި އަދި ދުވަހުން ދުވަހަށް ސެކްޝަން / ޔުނިޓުން ކުރެވުނު މަސައްކަތުގެ ޔައުމިއްޔާއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.
ރާއްޖޭގެ މުއައްސަސާ ތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާ އެކު ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ)ގެ ފަރާތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ފޮނުވަންޖެހޭ ސިޓީތަކާއި އެކިއެކި ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި ކުރުން.
ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އަދި މިނިސްޓްރީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން.
ސެކްޝަން ތަކާއި ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން، އެއިރަކު ހުންނަވާ އެންމެ އިސްވެރިއަކު ޙަވާލުކުރައްވާ، އެން.ސީ.އޭ ގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
މުވައްޒަފުންގެ ކުރިއެރުމާއި ގާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރުން.
ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރކޮށް އެޕްރައިޒަލް ފޯވަހިތެރޭގައި އެ މުވައްޒަފުންގެ އެޕްރައިޒަލް ފުރައި ނިންމުމާއި، ސިވިލް ސަރވިސްގެ ގަވާޢިދުގެ ދަށުން މަސައްކަތްތައް ރިވިއުކުރުން.
އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
އެހެން ސެކްޝަނެއް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފި ހާލަތެއްގައި އެ ސެކްޝަން ހިންގުމާއި އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރާ ކަމެއް ކުރުން.
ޞަފާ ބަދީޢު (ޑިރެކްޓަރ، އިވެންޓްސް މެނޭޖްމަންޓް)
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ހިންގެވުމާ ހަވާލުވެހުންނެވި އެންމެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެންމެހައި މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުން.
އޮފީހުގެ ބަޖެޓާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ރާވައި ހިންގާ ބެލެހެއްޓުން.
އޮފީހުގެ މަޤްސަދުތަކާއި ސްޓެރެޓަޖީތަކުގެ ދަށުން މަސްޢޫލުވާ ސެކްޝަން / ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
އެން.ސީ.އޭގެ މެންޑޭޓުގެ ތެރެއިން އާޓްސް ދާއިރާގެ އެކި ކަންކަމަށް އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އުސޫލްތައް، އެ ދާއިރާއަކާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުއްވުމަށް ހުންނަވާ ވެރިއެއްގެ ލަފައައި އިރުޝާދުގެ ދަށުން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، ޚިދުމަތްތައް އަވަސްވާނެގޮތަށް މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުން ހިންގާ ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތައް ފުރިހަމަކުރުމުގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމާއެކު އެކަންކަން ފުރިހަމަކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ހިންގާ ބެލެހެއްޓުން.
އޮފީހުގެ ސެކްޝަން / ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަންކަން ކުރުވުން.
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ) ގެ އަހަރީ ރިޕޯޓު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުވުމާއި އަދި ދުވަހުން ދުވަހަށް ސެކްޝަން / ޔުނިޓުން ކުރެވުނު މަސައްކަތުގެ ޔައުމިއްޔާއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުން.
ރާއްޖޭގެ މުއައްސަސާ ތަކާއި ބައިނަލްއަޤްވާމީ މުއައްސަސާތަކާ އެކު ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެން.ސީ.އޭ)ގެ ފަރާތުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ފޮނުވަންޖެހޭ ސިޓީތަކާއި އެކިއެކި ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި ކުރުން.
ސަރުކާރުގެ މުދަލާއި ފައިސާއާ ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އަދި މިނިސްޓްރީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގާ ބެލެހެއްޓުން.
ސެކްޝަން ތަކާއި ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން، އެއިރަކު ހުންނަވާ އެންމެ އިސްވެރިއަކު ޙަވާލުކުރައްވާ، އެން.ސީ.އޭ ގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
މުޢާޒް އަބްދުﷲ (އޮލިމްޕަސް މޭނޭޖަރ- ކޮންޓްރެކްޓް)
އޮލިމްޕަސް ތިއޭޓަރުގައި ހިންގާ ޕްރޮގްރާމްތައް ބަލަހައްޓާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން އެ ކަންކަން ބެލެހެއްޓުން.
އެން.ސީ.އޭ ގެ މިޔުޒިކް ބޭންޑްތަކުގެ ފަރިތަކުރުމާއި ހުށަހެޅުންތައް ރާވާ ހިންގާނެ ނިޒާމެއް ޤާއިމުކޮށް، އެ ނިޒާމުގެ ދަށުން އެ ކަންކަން ރާވާ ހިންގުން.
އޮލިމްޕަހުން ދެމުންގެންދާ ޚިދުމަތްތައް ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއިން ފޯރުކޮށްދީ، އެތަނުގެ ވަޞީލަތްތައް މަރާމާތުކޮށް ބެލެހެއްޓުން.
އޮލިމްޕަސް ތިއޭޓަރުން ޚިދުމަތް ދިނުމުގައި ބޭނުންކުރެވޭ އެންމެހައި އާލަތްތައް ބެލެހެއްޓުމާއި ސެކްޝަނުގެ ބެލުމުގެ ދަށުން ހުންނަ މުދާތަކުގެ އިންވެންޓްރީ ފަރުވާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުން.
ސެކްޝަނުގެ ޔަޢުމިއްޔާ ދުވަހުން ދުވަހަށް އަދާހަމަކުރާކަން ކަށަވަރުކުމާއި އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
ޔައުޤޫބު ޝަރީފް (ބޭންޑް އިންސްޓްރަކްޓަރ- ކޮންޓްރެކްޓް)
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްގެ މިއުޒިކް ބޭންޑްގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް މިއުޒިކް ބޭންޑުގެ މިއުޒިޝަނުންގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުން.
މިއުޒިކް ދާއިރާ އިން އާއްމުންނަށް ތަފާތު ޓްރެއިނިންގ ޕްރޮގްރާތައް ރާވާ ހިންގުން.
ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ މުބާރާތްތައް އިންސާފުކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދިނުން.