dv
en
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
މާލެ، ދިވެހިރާއްޖެ
ޑައުންލޯޑް
ދެންނެވުން
ވުޒާރާ
ތަރިކަ
މަޝްރޫއު
މީޑިއާ
ރަސްމިއްޔާތުތައް
ޑައުންލޯޑް
ދެންނެވުން
ޤައުމީ ކުތުބުޚާނާ
11 މޭ 2026
މެންޑޭޓް
ތަފާތު ފަންނުތަކުގެ ޢިލްމީ ފޮތްތަކާއި، އަދި މިނޫންވެސް މަޢުލޫމާތު ލިބޭނެ ތަކެތި އެއްކޮށް، ޢާންމުންނަށް ބެލޭނެ އިންތިޒާމު ކުރުމާއި، ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުގުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ މަޢުލޫމާތުހޯދައިދީ އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
"ޤައުމީކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫން" ނަންބަރު 2006/1 ގެ ދަށުން ހަދާފައިވާ ޤަވާއިދުގައި ހިމެނޭ އެންމެހާ ތަކެތި އެއްކޮށް، އެތަކެތީގެ އަސްލުތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، އެތަކެތި ތާރީޚަށްޓަކައި މުސްތަޤުބަލަށް ދެމެހެއްޓުމާއި، ޢާންމު ފައިދާއަށް އެތަކެތި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
ދިވެހިރާއްޖޭގައި ޝާއިޢުކުރާ ހުރިހާ ނޫސް މަޖައްލާ، ފޮތްފަދަ ތަކެއްޗާއި ރާއްޖޭން ބޭރުގައި ދިވެހިން ޝާޢިއުކޮށްގެން ނެރޭ ރާއްޖެއާބެހޭ ނޫސް، މަޖައްލާ ފޮތްފަދަ ތަކެތި އެއްކޮށް އެތަކެތި އަސްލުތައް ރައްކާތެރިކޮށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބެލޭނެ އިންތިޒާމް ހަމަޖެއްސުން.
ނެޝަނަލް ބިބްލިއޮގްރަފީ އެކުލަވާލައި ޝާއިޢު ކުރުން.
ސަރުކާރާއި ޢާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ހިންގާ ޤަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ކުތުބުޚާނާތައް ރަޖިސްޓްރީކުރުން
ސަރުކާރާއި ޢާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ބޭނުންވާ ލަފަޔާ މަޝްވަރާދިނުމާއި، އެތަންތަން ހިންގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެތަންތަނުގެ މުވައްޒަފުން ލައިބްރަރީ ފަންނުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީން ދިނުން.
އޮނިގަނޑު
ރައްޔިތުންނަށް ފޯރުކޮށްދެމުންދާ / އަދި ކުރިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކެއްގެ މަޢުލޫމާތު
އިދާރީ ޚިދުމަތްތައް
ޤައުމީ ކުތުބުޚާނާގެ އިދާރީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުން.
ޤައުމީ ކުތުބުޚާނާގެ އިދާރީ ޚިދުމަތްތަކާއި ގުޅޭގޮތުން ހުށަހަޅާ ސިޓީ/ އީމެއިލް އަދި ލިޔެކިޔުންތަކަށް ޖަވާބު ދިނުން
ޤައުމީ ކުތުބުޚާނާގެ ވަޒީފާތަކަށް މީހުން އައްޔަނުކުރުން
ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުން
އެޕޮއިންޓްމަންޓް/ ބައްދަލުވުން ހަމަޖައްސައިދިނުން
ޤައުމީ ކުތުބުޚާނާގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުން
ލައިބްރަރީ ހިދުމަތްތައް
މައުލޫމާތު ދިނުން
މެމްބަރޝިޕް
ފޮތް/ސީޑީ ދޫކުރުން، ފޮތް/ސީޑީ ބަލައިގަތުން، ފޮތް/ސީޑީ ރިނިއު ކުރުން، ފޮތް/ސީޑީ ރިޒަރވްކުރުން
އޯވަރޑިއު
ފޮޓޯކޮޕީ، ސްކޭން ކުރުން
ޕްރޮކްސީ ޚިދުމަތް
ޑޮނޭޝަން ބަލައިގަތުން
އީ-ރިސޯސަސް
ބްރައުންޒިންގް ސްޓޭޝަން، އިންޓަރނެޓް/ވައިފައި
ކުއައިޓް ސްޓަޑީ ރޫމް، ކިޔަވަތި ސްޓަޑީ ރޫމް
ނެޝަނަލް ލައިބްރަރީ ވިޒިޓްސް
ފައިސާ ބަލައިގަތުން (ރަޖިސްޓްރޭޝަން، އޯވަރޑިއު، އެހެނިހެން)
ހޮނިހިރު ދުވަހުގެ ހަރަކާތް
ލީގަލް ޑިޕޮޒިޓް ޔުނިޓް ޚިދުމަތްތައް
އައު ފޮތް އިފްތިތާޙު ކުރުން
ފޮތް ހަދިޔާ ކުރުން
އޯތަރ ޓޯކްސް / ލިޔުންތެރިންގެ ސިލްސިލާ ހަވީރު
1/2006 ޤާނޫނުގެ ދަށުން ޖަމާކުރާ ކޮޕީ ބަލައިގަތުމާއި ލިޔުންތެރިންނާއި ބައްދަލުކުރުން
ޓްރެއިނިންގ ޔުނިޓް ޚިދުމަތްތައް
އިންސަރވިސް ތަމްރީނު (ލައިބްރަރީ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް)
އިންޓަރންޝިޕް
ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް ތަމްރީނު
ހަރަކާތް ހިންގުމަށް ތަން ދޫކުރުން
ވެބިނާ
ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހެޅޭނެ ގޮތުގެ ތަފުސީލު
ޤައުމީ ކުތުބުޚާނާގެ ޚިދުމަތްތަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ. އަދި ޝަކުވާ ހުށަހަޅާނީ
[email protected]
އަށް އީމެއިލް އިން ނުވަތަ ސިޓީއަކުންނެވެ.
އިދާރާގެ ލިޔެކިޔުންތައް ބަލަހައްޓާ ގޮތުގެ އުސޫލު ނުވަތަ ތަފުސީލު
ޤައުމީ ކުތުބުޚާނާގެ އެސް.އޯ.ޕީ ގައި ކަނޑައެޅިފައިވާ ގޮތުގެމަތިން.
އިދާރާއިން ބަލަހައްޓަމުން ގެންދާ ހުރިހާ މަޢުލޫމާތުތަކެއްގެ ތަފުސީލު
ޤައުމީ ކުތުބުޚާނާގެ ކަލެކްޝަން، ސަރވިސްތަކުގެ މައުލޫމާތު އަދި އިދާރީ މައުލޫމާތުތައް.
އިދާރާއިން އާންމުކޮށް ޝާއިއުކުރާ މަޢުލޫމާތުތައް
ބިބްލިއޮގްރަފީ ޤައުމީ ކުތުބުޚާނާގެ ވެބްސައިޓްގައި ޝާއިއުކުރެވިފައި.
އިދާރާއަށް މަޢުލޫމާތައް އެދި ފަރާތަކުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންނަމަ އަމަލުކުރާނެ ގޮތުގެ ތަފުސީލު
އިދާރާއަށް:
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް 08:00 އިން 14:00 ށް ޤައުމީ ކުތުބުޚާނާގެ އިދާރާއަށް ސިޓީ/ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވޭނެއެވެ.
ލައިބްރަރީ ކައުންޓަރއަށް:
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކުވެސް 09:00 އިން 18:00 އާ ހަމައަށް ޤައުމީ ކުތުބުޚާނާގެ ލައިބްރަރީ ސަރވިސް ޔުނިޓަށް ވަޑައިގެން މި ޚިދުމަތަށް އެދިލެއްވުމުން ވަގުތުން މި ޙިދުމަތް ލިބިވަޑައިގަންނަވާނެއެވެ.
އިސްވެރީންގެ މަޢުލޫމާތު / މަޝްއޫލިއްޔަތުތައް
ޑިރެކްޓަރ ޖެނެރަލް، ލައިބްރަރީ ސަރވިސަސް، ފާޠިމަތު ޝިހާމް
ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުޤުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ ލައިބްރަރީ ޚިދުމަތުގެ ކުރިމަގުގެ ތަސައްވަރު އެކުލަވާލުމާއި، ސްޓްރެޓީޖިކް ޕްލޭން އަދި އޮޕަރޭޝަނަލް އަދި ޑިވެލޮޕްމަންޓަލް ޕްލޭންތައް އެކުލަވާލުން
ލައިބްރަރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ލައިބްރަރީގައި ބަލަހައްޓާ ފޮތްތަކާއި އެހެނިހެން ތަކެތި އެންމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ފަދަ ތަކެތީގެ ރެކޯޑު ބެލެހެއްޓުމަށާއި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި ތަންފީޒްކުރުން.
ލައިބްރަރީ ދާއިރާ އަދި ގުޅުންހުރި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއަށް ޢަމަލުކުރުން.
ލައިބްރަރީގެ ޚިދުމަތްތަކާއި ގުޅޭގޮތުން ލައިބްރަރީގެ ޚިދުމަތް އަމާޒުވާ ފަރާތްތައް އަހުލުވެރިކުރުމަށް ސެމިނަރ، ޕްރޮގްރާމް އަދި ތަފާތު އިވެންޓްތަކާއި ސެޝަންތައް ބޭއްވުން.
ލައިބްރަރީ ޚިދުމަތާ ގުޅޭގޮތުން ހިންގޭ ތަފާތު ޕްރޮޖެކްޓްތައް ހިންގުމާއި މޮނިޓަރކުރުން.
ލައިބްރަރީގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ފުޅާކުރުމަށް ބޭނުންވާނެ ދިރާސާތައްކުރުމާއި އެކަމަށް ބޭނުންވާނެ ވަސީލަތްތަކާއި އެކަށޭނަ ގަވާއިދުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
ލައިބްރަރީގެ ފަންކްޝަންތައް، ކަނޑައެޅިފައި އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.
ލައިބްރަރީ ގަޑިއަށް ހުޅުވާފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭގޮތެއްގެ މަތިން ކުރެވޭނެ ގޮތް ރާވައި އިންތިޒާމްކުރުން.
ލައިބްރަރީގެ އިދާރާ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި މާލީ ކަންކަން ބެލެހެއްޓުމާއި ލައިބްރަރީ ހިންގުމަށް ބޭނުންވާނެ އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތައް ކުރުން.
ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެ ގޮތްތައް ބަލައި، އެކަންކަން ހަމަޖައްސައި، އެ ވަސީލަތްތަކަށް މުވައްޒަފުން އަހުލުވެރިކުރުވައި، ކަނޑައެޅޭ އައު ގޮތްތަކަށް މަސައްކަތްތައް ހިޖުރަ ކުރުވުމުގެ މަސައްކަތްތައް ކުރުން.
ޑިޖިޓަލް ޕްލެޓްފޯމުތައް ބޭނުންކޮށްގެން ރިމޯޓް އެކްސެސިބިލިޓީ އިތުރުކުރަމުން ގެންދިއުމާއި، ލައިބްރަރީގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ލައިބްރަރީ އަކީ އިޖްތިމާޢީ ގުޅުންތައް ބަދަހި ކުރުމަށާއި ފިކުރީ މުޢާމަލާތްތައް ހިންގުމަށް ފަހި މާޙައުލަކަށް ހަދައި، ޒަމާނީ ވިސްނުމަކަށް ބައްޓަންވެފައި އޮތް ތަނަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ކޯޕަރޭޓް އެފެއަޒް ޑިރެކްޓަރ، ޝަފީއާ ޝާކިރު
އިދާރާގެ ކޯޕަރޭޓް އެފެއާޒް ސެކްޝަނުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުން.
އިދާރާގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމާއި، އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
އިދާރާގެ އަހަރީ އެކްޝަން ޕްލޭނާއި ހިއުމަން ރިސޯސް ޕްލޭނާއި ފައިނޭންޝަލް ޕްލޭން ތަންފީޒުކުރުވުން.
މުވައްޒަފުންގެ މުސާރަ ދިނުމުގެ ކަންކަން ބެލެހެއްޓުމާއި، އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އޮފީހުގެ ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލުމާއި އަދި އެކަންތައްތަކާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ހިންގުން.
އަހަރީ ބަޖެޓް އެކުލަވާލުމަށް ބޭނުންވާ މަޢޫލޫމާތު ޑިޕާޓްމަންޓްތަކުން ހޯދައި، ކަނޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
އިދާރާއިން ތައްޔާރުކުރަންޖެހޭ ފައިނޭންޝަލް، އެޑްމިނިސްޓްރޭޓިވް އަދި މުވައްޒަފުންނާބެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
އެކި ފަރާތްތަކާ ކޮންޓްރެކްޓް އުސޫލުން ޙަވާލު ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުންތައް ބަލަހައްޓައި އެކަން ހިނގާ ނުހިނގާގޮތް ބެލުން.
ޕްރޮކިއޮމަންޓާއި ބިޑް ކޮމިޓީގެ މަސައްކަތްތައް ހިންގައި ސުޕަވައިޒްކޮށް ބެލެހެއްޓުން.
ހުރިހާ ޑިޕާޓްމަންޓްތަކުގެ ފްލޯ ޗާޓް ހެދުމާއި ޑިޕާޓްމަންޓްތަކުގެ ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އެކުލަވާލުން.
އިދާރާގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ތައްޔާރުކޮށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
އޮފީހުގެ ސެކްޝަން، ޔުނިޓް, ކޮމެޓީތަކުން ބާއްވާ ބައްދަލުވުންތައް އަދި އެހެނިހެން މުވައްސަސާތަކާއި އެކު ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
މައުލޫމާތު ސާފުކުރުމަށް އަދި އެހިނިހެން ބޭނުންތަކަށް ޑިވިޝަން/ސެކްޝަނަށް ފޮނުވާ ލިޔެކިޔުންތަކަށް ޖަވާބުދިނުން.
ސުޕަވައިޒްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް މަންތްލީ ރިވިއު ފުރިހަމަކުރުމުގެ މަސައްކަތްކުރުން އަދި އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމުން
އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅު ކުރެވޭނެ ގޮތާއިމެދު ބިނާކުރަނިވި ހިޔާލުފާޅުކުރުން.
ސަރވިސް ސެކްޝަންގެ ލައިބްރަރީ ޑިރެކްޓަރ، ބަދުރުއްނިސާ އަބްދުﷲ
ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުޤުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ ލައިބްރަރީ ޚިދުމަތުގެ ކުރިމަގުގެ ތަސައްވުރު އެކުލަވާލުމާއި، ސްޓްރެޓިޖިކް ޕްލޭން އަދި އޮޕަރޭޝަނަލް އަދި ޑިވެލޮޕްމަންޓަލް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
ލައިބްރަރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ލައިބްރަރީގައި ބަލަހައްޓާ ފޮތްތަކާއި އެހެނިހެން ތަކެތި އެންމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ފަދަ ތަކެތީގެ ރެކޯޑު ބެލެހެއްޓުމަށާއި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތަކާއި މިންގަނޑުތައް ތަންފީޒު ކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
ލައިބްރަރީ ދާއިރާ އަދި ގުޅުންހުރި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއަށް ޢަމަލުކުރުން.
ލައިބްރަރީ ޚިދުމަތާ ގުޅޭގޮތުން ހިންގޭ ތަފާތު ޕްރޮޖެކްޓްތައް ހިންގުމާއި މޮނިޓަރކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
ޙަވާލުކުރެވިފައިވާ ލައިބްރަރީގެ ފަންކްޝަންތައް، ކަނޑައެޅިފައި އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.
ލައިބްރަރީ ގަޑިއަށް ހުޅުވާފައިހުރޭތޯ ބެލުމާއި، ހުޅުވިފައި ހުންނަ ގަޑިތަކުގައި، ލައިބްރަރީ ބޭނުންކުރަމުންދާ ފަރާތްތަކަށް ތަނުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގެ މަތިން ކުރެވޭނެ ގޮތް ރާވައި އިންތިޒާމްކުރުން.
ޙަވާލުކުރެވިފައިވާ ލައިބްރަރީގެ ފަންކްޝަން އަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި މާލީ ކަންކަން ބެލެހެއްޓުމާއި ލައިބްރަރީ ހިންގުމަށް ބޭނުންވާނެ އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތައް ކުރުން.
ލައިބްރަރީގެ ޚިދުމަތްތަކާ ގުޅޭގޮތުން ލައިބްރަރީގެ ޚިދުމަތް އަމާޒުވާ ފަރާތްތައް އަހުލުވެރިކުރުމަށް ސެމިނަރ، ޕްރޮގްރާމް އަދި ތަފާތު އިވެންޓްތަކާއި ސެޝަންތައް ބޭއްވުން.
ކަލެކްޝަންމެނޭޖްމަންޓް ސެކްޝަންގެ ލައިބްރަރީ ޑިރެކްޓަރ، ޒުލްހާނާ އާދަމް
ދިވެހި މުޖުތަމަޢު ކިޔުންތެރިކަމަށް ޝައުޤުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްޤީކޮށް އުނގަންނައިދިނުމަށް ބޭނުންވާ ލައިބްރަރީ ކަލެކްޝަންގެ ކުރިމަގުގެ ތަސައްވުރު އެކުލަވާލުމާއި، ސްޓްރެޓިޖިކް ޕްލޭން އަދި އޮޕަރޭޝަނަލް އަދި ޑިވެލޮޕްމަންޓަލް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
ލައިބްރަރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ލައިބްރަރީގައި ބަލަހައްޓާ ފޮތްތަކާއި އެހެނިހެން ތަކެތި އެންމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ފަދަ ތަކެތީގެ ރެކޯޑު ބެލެހެއްޓުމަށާއި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތަކާއި މިންގަނޑުތައް ތަންފީޒު ކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
ލައިބްރަރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ލައިބްރަރީގައި ބަލަހައްޓާ ފޮތްތަކާއި އެހެނިހެން ތަކެތި އެންމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި އެ ފަދަ ތަކެތީގެ ރެކޯޑު ބެލެހެއްޓުމަށާއި ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާނެ ސިޔާސަތުތަކާއި މިންގަނޑުތައް ތަންފީޒު ކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
ލައިބްރަރީ ދާއިރާ އަދި ގުޅުންހުރި ޤާނޫނުތަކާއި އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރިވުމާއި އެއަށް ޢަމަލުކުރުން.
ލައިބްރަރީ ކަލެކްޝަންއާއި ގުޅޭގޮތުން ހިންގޭ ތަފާތު ޕްރޮޖެކްޓްތައް ހިންގުމާއި މޮނިޓަރކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
ޙަވާލުކުރެވިފައިވާ ލައިބްރަރީގެ ފަންކްޝަންތައް، ކަނޑައެޅިފައި އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްދާކަން ކަށަވަރުކުރުން.
ޙަވާލުކުރެވިފައިވާ ލައިބްރަރީގެ ފަންކްޝަން އަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި މާލީ ކަންކަން ބެލެހެއްޓުމާއި ލައިބްރަރީ ހިންގުމަށް ބޭނުންވާނެ އެހެނިހެން އޮޕަރޭޝަނަލް މަސައްކަތްތައް ކުރުން.
ލައިބްރަރީގެ ކަލެކްޝަންއާއި ގުޅޭގޮތުން ލައިބްރަރީގެ ޚިދުމަތް އަމާޒުވާ ފަރާތްތައް އަހުލުވެރިކުރުމަށް ސެމިނަރ، ޕްރޮގްރާމް އަދި ތަފާތު އިވެންޓްތަކާއި ސެޝަންތައް ބޭއްވުން.
ކަލެކްޝަން މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތް ހިންގާ ބެލެހެއްޓުން.
ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ކަލެކްޝަން މެނޭޖްމަންޓް ސެކްޝަން މަސައްކަތްތަކުގެ އިންތިޒާމް ހަމަޖެއްސުން.
ސެކްޝަނާއި ގުޅުންހުރި ކޮމިޓީތައް ހިންގާ ބެލެހެއްޓުން.
ސެކްޝަންގެ ދަށުންހުރި ޔުނިޓް ތަކުގެ ހެޑުން ސުޕަވައިޒްކުރުން.
ސެކްޝަނާއި ގުޅުން ހުރި ޕްރޮސީޖަރ ތައްޔާރުކުރުން.
ޔޫނިއަންކެޓަލޮގް ޤާއިމް ކުރުމަށްޓަކައި ދޭންވާ ޓެކްނިކަލް ސަޕޯޓް ދިނުން.
އޮފީހުގެ ސެކްޝަން، ޔުނިޓް, ކޮމެޓީތަކުން ބާއްވާ ބައްދަލުވުންތައް އަދި އެހެނިހެން މުވައްސަސާތަކާއި އެކު ބޭއްވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
މައުލޫމާތު ސާފުކުރުމަށް އަދި އެހިނިހެން ބޭނުންތަކަށް ޑިވިޝަން/ސެކްޝަނަށް ފޮނުވާ ލިޔެކިޔުންތަކަށް ޖަވާބުދިނުން.
ސުޕަވައިޒްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް މަންތްލީ ރިވިއު ފުރިހަމަކުރުމުގެ މަސައްކަތްކުރުން އަދި އަހަރު ނިމުމުން މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ފުރިހަމަކޮށް ނިންމުން
އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއިމެދު ބިނާކުރަނިވި ހިޔާލުފާޅުކުރުން.
އަމަލުކުރަމުން ގެންދަ ޤާނޫނާއި ގަވާއިދުތަކުގެ މަޢުލޫމާތު
ޤައިމީ ކުތުބުޚާނާގެ ޚިދުމަތް ދިނުމުގެ އާންމު ގަވާއިދު (ނަންބަރު: 2025/R-115)
ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު (ނަންބަރު 2006/1)
ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ ގަވައިދު (ނަންބަރު: 2012/R-2)
އަމަލުކުރާ އުސޫލުތަކުގެ ނުވަތަ ހަމަތަކުގެ މަޢުލޫމާތު
ޤައިމީ ކުތުބުޚާނާގެ ޚިދުމަތް ދިނުމުގެ އާންމު ގަވާއިދު (ނަންބަރު: 2025/R-115)
ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރަންވީ ގޮތުގެ ގަވައިދު (ނަންބަރު: 2012/R-2)
އިދާރާއިން ރައްޔިތުންނަށް އެއްވެސް އަސަރެއް ކުރާ ގޮތަށް ނިންމާފައިވާ އެއްވެސް ނިންމުމެއް ވާނަމަ އޭގެ މަޢުލޫމާތާއި އެހެން ނިންމި ސަބަބު
ނެތް
ސިޔާސަތުތަކަށް ފާޑުކިޔުމާއި އެކަށައެޅުމާއި އެކަންކަމަށް ރައްޔިތުންނަށް ޚިޔާލު ހުށަހެޅޭނެ ނިޒާމު / އުސޫލު ގެ ތަފުސީލު
ޚިޔާލު ހުށަހެޅުމަށްޓަކައި ނުވަތަ ދޭން ބޭނުންވާ މެސެޖެއް ދިނުމަށް ޚިޔާލު ފޮށި ބެހެއްޓިފައިވާނެ އެވެ.
ހިނގަމުންދާ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުގެ ތަފުސީލު