dv
en
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
މާލެ، ދިވެހިރާއްޖެ
ޑައުންލޯޑް
ދެންނެވުން
ވުޒާރާ
ތަރިކަ
މަޝްރޫއު
މީޑިއާ
ރަސްމިއްޔާތުތައް
ޑައުންލޯޑް
ދެންނެވުން
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
18 މޭ 2026
މެންޑޭޓް
ފަންނުވެރި (ހުނަރުވެރި)ކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
ފަންނުވެރި (ހުނަރުވެރި)ކަމުގެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.
ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
ފަންނުވެރިކަމާއި ފޮތްތެރިކަމުގެ ޢިލްމު ފަތުރައި، ޢިލްމީ ގޮތުން ހޭލުންތެރި ފޮތްތެރި މުޖުތަމަޢެއް ބިނާކުރުން.
ފަންނުތަކާއި ފަންނީ ޢިލްމީ އުފެއްދުންތަކާއި މަސައްކަތްތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން މާލީ އެހީއާއި ފަންނީ އެހީ ހޯދުން.
ފަންނުވެރިކަމުގެ ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނޭ މަގުތައް ފަހިކޮށްދިނުން.
ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށް ޓަކައި ލިޔެބަލަހައްޓަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
ދިވެހިރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައަޅައި ހިންގުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާ ބެހޭ ޢިލްމު ފެތުރުމާގުޅޭ ކަންކަން ވިލަރެސް ކުރުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކަށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވައި، އެ ދާއިރާތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސް ކުރުން.
ދިވެހީންގެ ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކާ އެ ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާ ގުޅުވައިދޭ މެންޓަރޝިޕް ޕުރޮގުރާމުތައް ރާވައި ހިންގުން.
ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކުން ހިންގާ ހަރަކާތްތަކުގައި، އެ ތަންތަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާ ދިރުވައި އާލާކުރުމުގައި، އެ ދާއިރާތަކުން އިގުތިސާދީ ނަފާ ހޯދެން ހުރި ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރުން.
ދިވެހީންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކްޝަން ޕްލޭތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.
ދިވެހީންގެ އެއްބައިވަންތަކާމާއި އެއްބައެއްވަންތަކަން ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން.
ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން އުޅޭ އެކުވެރި އަޚުވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ ކަންކަން ކުރުން.
ދިވެހީންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމަށް ޓަކައި ސަރުކާރުގެ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކި ފެންވަރުގެ އިޖުތިމާއީ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
ދިވެހީންގެ މެދުގައި ޤައުމީވަންތަކަން އާލާކުރުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
ދަރިވަރުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެ ތަންތަނުން އިސްނަގައިގެން ހިންގާ އެފަދަ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުން.
ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިހުތިފާލުތައް ބޭއްވުން.
ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން، ދިވެހި މުޖުމަތަޢުގައި ކަންކަމާ މެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފެއްދުން.
ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުން.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތައް ތަމްސީލުވާނެ ފަދަ ގޮތަކަށް އެ ދާއިރާ ތަރައްޤީކުރުމަށް ބާރުއެޅުން.
މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
އިދާރީ އޮނިގަނޑު
ޝަކުވާ އުފުލޭނެ އުސޫލު
އިދާރާއާ ގުޅޭ ޝަކުވާ، ސިވިލްސަރވިސް ކޮމިޝަނުން އެކުލަވައިލައިފައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ހުށަހަޅަން
އީމޭލުންނާއި ސިޓީން އަދި އޮފީހަށް ހާޒިރުވެ ކަމާބެހޭ މުވައްޒަފަކާ ބައްދަލުކުރުން.
ލިޔެކިޔުންތައް ބެލެހެއްޓުމުގައި އަމަލުކުރާގޮތް
އީމޭލު، 'ޖެމްސް' އަދި ވުޒާރާގެ ކައުންޓަރަށް ލިބޭ ލިޔުންތައް ބަލައިގަތުމަށް ފަހު އެންޓްރީ ޝީޓަށް އެންޓަރކޮށް ރައްކާކުރެވެއެވެ.
އެންޓްރީ ޝީޓަށް އެންޓަރ ކުރެވޭ ލިޔެކިޔުންތައް ޕީއެސް ބިއުރޯއިން ބެލުމަށް ޖަވާބު ދިނުމަށާއި ލިޔެކިޔުމާ ބެހޭ ގޮތުން ކުރަން ހުންނަ ކަންކަން ކުރުމަށް ކަމާ ގުޅޭ ޑިޕާޓްމަންޓް/ސެކްޝަން/ޔުނިޓުތަކަށް ފޮނުވެއެވެ.
މަޢުލޫމާތައް އެދުމުގައި ޢަމަލުކުރަންވީ އުސޫލު
ޤާނޫނު ނަންބަރު 2024/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު)ގެ ދަށުން މަހޯލި ޕޯޓަލް މެދުވެރިކޮށާއި ވުޒާރާގެ ކައުންޓަރަށް ލިޔުމުން އެދި ހުށަހެޅިދާނެއެވެ. މީގެ އިތުރުން ވުޒާރާގެ މެއިލަށް ވެސް މަޢުލޫމާތު ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.
އިސްވެރީންގެ މަސްއޫލިއްޔަތު
މުޙައްމަދު ޔާނިޢު ހާޝިމް (ޕަރމަނަންޓް ސެކްރެޓަރީ)
މުޙައްމަދު އަމްޖަދު (ޑިރެކްޓަރ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް)
މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ މަސައްކަތްތައް ޕަރމަނަންޓް ސެކްރެޓަރީގެ އިރުޝާދުގެ ދަށުން ރާވައި ހިންގާ ބެލެހެއްޓުމާއި މަސައްކަތްތައް ހަލުވިކަމާއެކު ކުރެވޭނެ އިންތިޒާމްތައް ފަހިކޮށްދިނުމާއި، މިނިސްޓްރީގެ ސިޔާސަތުތައް އެކަށައެޅުމުގަޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި މިނިސްޓްރީން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަރުވައި ތަރައްޤީ ކުރުމާއި، ޚިދުމަތްތައް އަވަސްވާނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުން އަދި މިނިސްޓްރީގެ ކޯޕަރޭޓް ޑިޕާޓްމަންޓްގެ ސެކްޝަން/ ޔުނިޓުތަކުން ކުރާ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، މަސައްކަތް ކުރެވޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި، ނިންމަންޖެހޭ ކަންތައްތައް ޕަރމަނަންޓް ސެކްރެޓަރީގެ މަޝްވަރާގެ މަތިން ނިންމުން.
އަސަދުﷲ ހާމީން (ޑިރެކްޓަރ ޖެނެރަލް، ކަލްޗަރ އެންޑް ހެރިޓޭޖް)
ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި އަދި ޤައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުން.
މަރްޔަމް ޝިފާޒާ (ޑިރެކްޓަރ، ހިއުމަން ރިސޯސް)
މިނިސްޓްރީ އާއި މިނިސްޓްރީގެ އިދާރާތަކުގެ ޖޮބް އެނަލިސިސް ހެދުމާއި މުވައްޒަފުން ލެއްވުމާއި، މުވައްޒަފުން ވަކިކުރުމާއި، މުވައްޒިފުންނަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
ޙައްވާ ޚަތުމާ (ޑިރެކްޓަރ، ފައިނޭންސް)
މި މިނިސްޓްރީއާ މިނިސްޓްރީގެ އިދާރާތަކުގެ މާލީ ކަންކަން ބެލެހެއްޓުން.
ޢާއިޝަތު ޙަމްލާ (ޑިރެކްޓަރ، އިވެންޓްސް މެނޭޖްމަންޓް)
ޤައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރާ އެކިއެކި ރަސްމިއްޔާތުތަކުގެ ތެރެއިން މި މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތައް ފާހަގަ ކުރުމާއި، ޤައުމީ އިޙްތިފާލުތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
ވުޒާރާއިން އަމަލުކުރާ ޤާނޫނުތައް/ގަވާއިދުތައް
ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)
ގަވާއިދު ނަންބަރު 2020/R-37 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކައުތެރި ކުރުމުގެ ގަވާއިދު)
ގަވާއިދު ނަންބަރު2020/R-38 (ދާރުލްއާސާރު ހިންގުމުގެ ގަވާއިދު)
ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު)
ގަވާއިދު ނަންބަރު 2025/R-115 (ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ދިނުމުގެ އާންމު ގަވާއިދު)
ގަވާއިދު ނަންބަރު) 2012/R-2 ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމާއި، ޖަމާކުރެވޭ ތަކެއްޗާމެދު ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު)
ޤާނޫނު ނަންބަރު 2011/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)
ގަވާއިދު ނަންބަރު 2016/R-43 (ދިވެހިބަހަށް އިސްކަން ދިނުމުގެ ގަވާއިދު)
ޤާނޫނު ނަންބަރު 2022/12 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނު)
ގަވާއިދު ނަންބަރު 2022/R-168 (ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގަވާއިދު)
ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު)
ގަވާއިދު ނަންބަރު 2017/R-22 (ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓްތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލުމާބެހޭގޮތުން ޢަމަލުކުރަންވީ ގޮތުގެ ގަވާއިދު.)
އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓް
47،606،245 (ސާޅީސް ހަތް މިލިއަން ފަސްދޮޅަސް ހަހާސް ދުއިސައްތަ ސާޅީސް ފަހެއް)
އިންފޮމޭޝަން އޮފިސަރ
ނަން: އާމިނަތު ޚާތޫން
މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ
އީމެއިލް އެޑްރެސް: aminath.khaathoon.mach.gov.mv
މޯބައިލް ނަންބަރު: 9447774