ވުޒާރާގެ މެންޑޭޓް

18 މޭ 2026

  1. ފަންނުވެރި (ހުނަރުވެރި)ކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
  2. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ޤައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.
  3. ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
  4. ފަންނުވެރި (ހުނަރުވެރި)ކަމުގެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.
  5. ޤާނޫނު ނަންބަރު 2006/1 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު) ގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުން.
  6. ފަންނުވެރިކަމާއި ފޮތްތެރިކަމުގެ ޢިލްމު ފަތުރައި، ޢިލްމީ ގޮތުން ހޭލުންތެރި ފޮތްތެރި މުޖުތަމަޢެއް ބިނާކުރުން.
  7. ފަންނުތަކާއި ފަންނީ ޢިލްމީ އުފެއްދުންތަކާއި މަސައްކަތްތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން މާލީ އެހީއާއި ފަންނީ އެހީ ހޯދުން.
  8. ފަންނުވެރިކަމުގެ ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނޭ މަގުތައް ފަހިކޮށްދިނުން.
  9. ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށް ޓަކައި ލިޔެބަލަހައްޓަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  10. ދިވެހިރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައަޅައި ހިންގުން.
  11. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާ ބެހޭ ޢިލްމު ފެތުރުމާގުޅޭ ކަންކަން ވިލަރެސް ކުރުން.
  12. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން.
  13. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކަށް ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިކުރުވައި، އެ ދާއިރާތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސް ކުރުން.
  14. ދިވެހީންގެ ސަގާފީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  15. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކަށް ޝައުގުވެރިވާ ފަރާތްތަކާ އެ ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުންނާ ގުޅުވައިދޭ މެންޓަރޝިޕް ޕުރޮގުރާމުތައް ރާވައި ހިންގުން.
  16. ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކުން ހިންގާ ހަރަކާތްތަކުގައި، އެ ތަންތަނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކުރުން.
  17. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާ ދިރުވައި އާލާކުރުމުގައި، އެ ދާއިރާތަކުން އިގުތިސާދީ ނަފާ ހޯދެން ހުރި ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރުން.
  18. ދިވެހީންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ކަނޑައަޅަންޖެހޭ ލަނޑުދަނޑިތައް ކަނޑައަޅައި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކްޝަން ޕްލޭތައް އެކަށައަޅައި، އެ ޕްލޭންތައް ތަންފީޒުކުރުމާއި، އެ ޕްލޭންތައް ތަންފީޒުކުރަމުންދާ ގޮތް މޮނިޓަރކުރުން.
  19. ދިވެހީންގެ އެއްބައިވަންތަކާމާއި އެއްބައެއްވަންތަކަން ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން.
  20. ދިވެހީން ދިވެހީންގެ ގޮތުގައި ދެމިތިބުމަށާއި، ގުޅިގެން އުޅޭ އެކުވެރި އަޚުވަންތަ މުޖުތަމަޢެއް ބިނާކުރުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ ކަންކަން ކުރުން.
  21. ދިވެހީންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތު ދިރުވުމަށް ޓަކައި ސަރުކާރުގެ ފަރާތްތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އެކި ފެންވަރުގެ އިޖުތިމާއީ ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުން.
  22. ދިވެހީންގެ މެދުގައި ޤައުމީވަންތަކަން އާލާކުރުމަށް ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  23. ދަރިވަރުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް، ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ތަޢުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ހަރަކާތްތަކާއި ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެ ތަންތަނުން އިސްނަގައިގެން ހިންގާ އެފަދަ ހަރަކާތްތަކާއި ޕުރޮގުރާމުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  24. ދިވެހި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙު އާލާކޮށް ޤައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ސަރުކާރުގެ ކަމާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުން.
  25. ޤައުމީ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، ޤައުމީ އިހުތިފާލުތައް ބޭއްވުން.
  26. ސިޔާސީ ވިސްނުމާއި ފިކުރުގެ ބޭރުން، ދިވެހި މުޖުމަތަޢުގައި ކަންކަމާ މެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރާނެ މާހައުލެއް އުފެއްދުން.
  27. ޒިންމާދާރު ރައްޔިތުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތުން ބިނާކުރުން.
  28. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތައް ތަމްސީލުވާނެ ފަދަ ގޮތަކަށް އެ ދާއިރާ ތަރައްޤީކުރުމަށް ބާރުއެޅުން.
  29. މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ކޮމިޝަންތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޔޫނިއަންތަކާއި ކޮމިޓީތަކާ ގުޅުންބަދަހިކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމާއި، އެފަދަ ފަރާތްތަކުން އެހީ ހޯދުމަށް މަސައްކަތްކުރުމާއި، އެފަދަ ފަރާތްތަކުގެ ހަރަކާތްތައް ވިލަރެސްކުރުން.
  30. މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ދާއިރާތަކުން ދިވެހިރާއްޖެއަށް ފައިދާ ހުރި ކަންކަން ހާސިލުކުރުމަށް، ބައިނަލްއަގުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގައި ބައިވެރިވުމާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެފަދަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޕްރޮޓޮކޯލްތަކުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުން.
  31. ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދައާ ބެހޭ ދާއިރާތަކުން ފަންނީ މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.
  32. ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެ މަޝްރޫޢުތައް ރާވައި ހިންގުމާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުން.
  33. މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.