ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައިފި

03 މެއި 2026

featured image

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ރޫމްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެ މިނިސްޓްރީގެ ދަށަށް އަލަށް ގެނެވުނު އިދާރާތަކާއި އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ވަޒީރު ވަނީ ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ. އަދި މި ވުޒާރާގެ ދަށުން ހިނގަމުންދާ އެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އެ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ވެސް ވަޒީރު ވަނީ ޖަވާބު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަހަކު އެއް ފަހަރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް ވަޒީރު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.