12 އޮކްޓޫބަރު 2026
ފަންނާއި ސަގަފާތައި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ބ. ކެންދޫ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
ފަންނާއި ސަގަފަތާއި ތަރިކައާ ބެހޭ ވުޒާރާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ކައުންސިލްގެ ރައީސް އަޙްމަދު ޝާން ވަނީ ކެންދޫއަކީ 900 އަހަރުވީ ތާރީޚެއް އޮތް ރަށެއްކަން ފާހަގަކުރައްވައި، ކެންދޫގެ މަޤާމުފުޅު ބެލެހެއްޓުމުގައި ކައުންސިލަށް ހުރި ދަތިތައް ބަޔާންކުރައްވާފައެވެ.
ކެންދޫއަކީ ފަތުރުވެރިން ޒިޔާރަތްކުރާ ގިނަ ރިސޯޓްތަކެއް ހުރި ސަރަހައްދެއްކަން ފާހަގަކުރައްވައި ކެންދޫގެ ރައީސް ވިދާޅުވީ، ކެންދޫގައި ހުރި އާސާރީ ތަރިކަތައް ހިމާޔަތްކޮށް ބެލެހެއްޓޭނީ އެތަންތަން އާމްދަނީ ލިބޭނެ ވަސީލަތެއް ގޮތުގައި ހަމަޖެހިގެންކަމަށްވާތީ އެކަމާއި ގުޅިގެން ތަރިކައިން އާމްދަނީ ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ބ. ކެންދޫ ކައުންސިލުން ހުށަހެޅި ކަންކަމާ ގުޅިގެން މި ވުޒާރާއާއި ކައުންސިލާ ގުޅިގެން ކުރެވިދާން ކަންތައްތަކާ ބެހޭގޮތުން ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން މި ވުޒާރާގެ އިސް ބޭފުޅުންނާއި ކެންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާން ކައުންސިލް މެމްބަރުން ބައިވެރިވެވެޑައިގެންނެވިއެވެ.