02 ޖުލައި 2026
އެމެރިކާގެ އެމްބަސީ ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި ޗީފް އޮފް މިޝަން ޑޭވިޑް ވިލިއަމްސް، ވަޒީރު ހީނާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ތަޢާރަފުވެވަޑައިގެންނެވުމާއި ދާއިރާގައި މިހާރު ކުރިއަށްދާ މުހިންމު ކަންކަމާ ގުޅޭގޮތުން ޚިޔާލުބަދަލުކުރައްވާފައިވެއެވެ. އަދި ދާއިރާގެ ކަންކަމުގައި ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
އެމެރިކާ ސަރުކާރަކީ ދިވެހިރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާ، ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ތެރޭގައެވެ. 60 އަހަރުގެ ދިގު ތާރީޚުގެ ތެރޭގައި އެޤައުމުން ވަނީ ވަކިން ޚާއްޞަކޮށް ޑިމޮކްރަސީ ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން، އަސްކަރީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.