ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި "ދިވަރު" އާއި ސްޕޯޓްސް މިނިސްޓްރީ ޓީމް ބައްދަލުކުރި މެޗު ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފި

20 ޖޫން 2026

ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި "ދިވަރު" އާއި ސްޕޯޓްސް މިނިސްޓްރީ ޓީމް ބައްދަލުކުރި މެޗު ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފި

ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި މިވުޒާރާގެ "ދިވަރު" ޓީމާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނެސް ޓީމް ބައްދަލުކުރި ފޯރިގަދަ މެޗު، ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ކްލެސިކްގައި ވުޒާރާގެ ފަރާތުން ވާދަކުރަނީ "ދިވަރު" ޓީމެވެ. ހުކުރު ދުވަހުގެ ރޭ ކުޅެވުނު މި މެޗަކީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި އަދި ރީތި ކުޅުމެއް ފެނިގެންދިޔަ މެޗެކެވެ. ގިނަ އަދަދެއްގެ ގޯލްތަކެއް ފެނިގެންދިޔަ މި މެޗުގައި "ދިވަރު" ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ނަމަވެސް، މެޗުގެ ފަހު ނަތީޖާއަށް ބަލާއިރު ކުރިހޯދައި މެޗު ކާމިޔާބުކުރީ ސްޕޯޓްސް މިނިސްޓްރީގެ ޓީމުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޕޯޓްސް މިނިސްޓްރީ ޓީމުގެ ޖާޒީ ނަންބަރު 17، އިބްރާހީމް ސިމާހު އެވެ. އޭނާ ވަނީ މެޗުގައި މުހިންމު ދައުރެއް އަދާކޮށް، ޓީމުގެ މޮޅުވުމުގައި ބޮޑު ހިއްސާއެއްވެފައެވެ.

މި މުބާރާތުގައި "ދިވަރު" ޓީމު ދެން ބައްދަލުކުރާނީ ފައިނޭންސް މިނިސްޓްރީގެ "ފައިނޭންސް ރެކްރިއޭޝަން ކްލަބް" އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 27 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 08:15 ގައެވެ.

ކްލަބް މޯލްޑިވްސް ކަޕް ކްލެސިކަކީ ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމަށާއި، ކުޅިވަރުގެ ރޫޙު ދިރުވުމަށް ބާއްވަމުން އަންނަ ވަރަށް މަޤުބޫލު މުބާރާތެކެވެ

ފޮޓޯ ގެލަރީ